Ads by Farudhun

ޚަބަރު

ޙާޖީންގެ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ވަނީ ޤާއިމްކުރެވިފައި: ވަޒީރު ޝަހީމް

ޙާޖީންގެ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ވަނީ ޤާއިމްކުރެވިފައި: ވަޒީރު ޝަހީމް

އެއަރޕޯޓުގެ ތައްޔާރީތައް ބެއްލެވުން/ފޮޓޯ: ވުޒާރާ

15 މޭ 2026، 04:45

މިއަހަރު ޙައްޖަށް ފުރާ ޙާޖީންގެ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ޤާއިމްކުރެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޙައްޖުވެރިން ފުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެފައިވާ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށްފަހު އެވެ.

ވަޒީރު ވިދާޅުވީ، ޙައްޖުވެރިން ފުރުމުގެ ކުރިން އެއާޕޯޓްގެ ތައްޔާރީތައް ބަލައިލުމަށް ކުރެއްވި ޒިޔާރާތުގައި، އެންމެހައި އިންތިޒާމްތަކެއް ވަރަށް ފުރިހަމަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މައްކާގައި ވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ހޮޓަލްގައި ފުރިހަމަ އިންތިޒާމްތަކެއް ޤާއިމުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބުމަށް ޙައްޖު މިޝަނުން ވެސް ޙަރަކާތްތެރިވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއަހަރުގެ ޙައްޖު ދަތުރުގައި ޙާޖީންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދީ، ޙާޖީން ހިތްހަމަޖެހިވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450