Ads by Farudhun

ޚަބަރު

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

އައު އިމާރާތް ހުޅުވުން/ފޮޓޯ: ކައުންސިލް

17 މޭ 2026، 09:36

ހދ. ކުރިނބީގައި ތަރައްޤީކުރި ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.

މި އައު އިމާރާތް ހުޅުވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލާއި ހދ. ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމެވެ.

މި ރަސްމިޔާތުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސާއި، ރަށުގެ އިދާރާތަކުގެ އިސްވެރިންނާއި، ރަށަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރީންގެ އިތުރުން، ކުރިނބީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، ކުރިނބީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން، ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިނބީގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މީގެ ކުރިން ބޭނުންކުރަމުން އައީ 32 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ޖާގައާއި ވަޞީލަތްތަކުގެ ގޮތުން ދަތި އިމާރާތެއްކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. ނަމަވެސް، އަލަށް އިމާރާތްކުރި ކައުންސިލް އޮފީހަކީ ޒަމާނީ ވަޞީލަތްތަކާއެކު ޖާގަ ތަނަވަސްކޮށް ބިނާކޮށްފައިވާ ތަނަކަށްވުމާއެކު، މިކަމުގެ ސަބަބުން މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ލިބި، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި މަޝްރޫޢަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުން 5.9 މިލިއަން ރުފިޔާއަށް ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450