Ads by Farudhun

ޚަބަރު

އެމްޑަބްލިއުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިއުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

ޝަމްހޫޒާ/ފޮޓޯ: ސީއެންއެމް

17 މޭ 2026، 02:18

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުން ޝަމްހޫޒާ އަޙްމަދު ވަކިކޮށްފި އެވެ.

ޝަމްހޫޒާ މަޤާމުން ވަކިކޮށްފައިވާކަން ހާމަކޮށްފައިވަނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑްގެ، ޗެއަރމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. ފޭދޫ ނާޒުކީގޭ އަލްފާޟިލާ ޝަމްހޫޒާ އަޙުމަދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ މި މަޤާމުން ވަކިކުރި ސަބަބު ޕީސީބީން ހާމަކޮށްފައި ނުވާއިރު، މިކަމާއި ގުޅުންހުރި އިތުރު ތަފްޞީލެއް ޕީސީބީން ހާމައެއް ނުކުރެއެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަޤާމަށް ޝަމްހޫޒާ އައްޔަނުކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މީގެ ކުރިން ޝަމްހޫޒާ ވަނީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަޤާމާއި، ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފަ އެވެ.

ޝަމްހޫޒާ މަޤާމުން ވަކިކޮށްފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން ބަދަލުތައް ގެންނަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450