ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔޫއޭއީއަށް
ޚާރިޖީ ވަޒީރު މޫސާ ޒަމީރު- ފޮޓޯ: ސޯޝަލް މީޑީއާ
ފަރުދުން
03 ސެޕްޓެމްބަރު 2024، 01:01
03 ސެޕްޓެމްބަރު 2024، 01:01
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔޫއޭއީއަށް ރޭގެ ވަގުތެއްގައި ފުރާވަޑައިގެންފިއެވެ.
މިދަތުރުފުޅަކީ ރާއްޖެއާއި އެކުވެރި ޢަރަބި ޢިމާރާތާ ދެމެދު އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މިދަތުރުފުޅުގައި އަދި އެކި ދާއިރާތަކުން ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ހުރި ފުރުޞަތުތަކާގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Arrived in Abu Dhabi, UAE on an Official Visit.
— Moosa Zameer (@MoosaZameer) September 3, 2024
This visit underscores the firm commitment of the Government of Maldives to further strengthen bilateral relations between the Maldives and the UAE and to explore new avenues for collaboration.
Looking forward to engaging in…
މި ދަތުރުފުޅުގައި ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން ޔޫއޭއީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރުގެ މި ދަތުރުފުޅަކީ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.