Ads by Farudhun

ޚަބަރު

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި

ޔޫސުފް ވަހީދު/ފޮޓޯ: އެޗްޑީސީ

18 މޭ 2026، 09:34

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި އެވެ.

ޔޫސުފް ވަހީދު މަޤާމުން ވަކިކޮށްފައިވާކަން ހާމަކޮށްފައިވަނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ހއ.ވަށަފަރު، ބޮޑުގެ އަލްފާޟިލް ޔޫސުފް ވަޙީދު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ މި މަޤާމުން ވަކިކުރި ސަބަބު ޕީސީބީން ހާމަކޮށްފައި ނުވާއިރު، މިކަމާއި ގުޅުންހުރި އިތުރު ތަފްޞީލެއް ޕީސީބީން ހާމައެއް ނުކުރެއެވެ.

އެޗްޑީސީގެ ބޯޑު ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަޤާމަށް ޔޫސުފް ވަހީދު އައްޔަނުކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވާފައިވެއެވެ.

ޔޫސުފް ވަހީދު މަޤާމުން ވަކިކޮށްފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން ބަދަލުތައް ގެންނަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450