Ads by Farudhun

ޚަބަރު

މަހިބަދޫ ކައުންސިލަށް ނައިބެއް ހޮވުމަށް 6 ފަހަރަށް ވޯޓު ނަގައިގެން ވެސް ނާކާމިޔާބު

މަހިބަދޫ ކައުންސިލަށް ނައިބެއް ހޮވުމަށް 6 ފަހަރަށް ވޯޓު ނަގައިގެން ވެސް ނާކާމިޔާބު

މަހިބަދޫ/ފޮޓޯ: ދައުރު

18 މޭ 2026، 10:58

އދ. މަހިބަދޫ ކައުންސިލުގެ ނައިބުރައީސް ކަމުގެ މަޤާމަށް ބޭފުޅަކު ހޮވުމަށް 6 ފަހަރަށް ވޯޓު ނަގައިގެން ވެސް އެކަން ނާކާމިޔާބު ވެއްޖެއެވެ.

ކައުންސިލްތަކުގެ 5 ވަނަ ދައުރު އިއްޔެ ފަށާފައިވާއިރު، ކައުންސިލަރުން ހުވާކުރުމަށް ފަހު ބާއްވާ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ކައުންސިލަށް ނައިބެއް އިންތިޚާބު ކުރަންޖެހޭނެ އެވެ.

މަހިބަދޫ ކައުންސިލްގެ ނައިބުރައީސް ކަމުގެ މަޤާމަށް ހުޅުވާލުމުން ޖުމްލަ 3 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ ކޮންގްރެސް ޕާޓީގެ މެންބަރަކާއި، އެމްޑީޕީގެ މެންބަރެއްގެ އިތުރުން، އަމިއްލަ މެންބަރެކެވެ. ފުރަތަމަ ބުރު ވޯޓުލުމަށްފަހު ލިބުނު ނަތީޖާގައި، ކޮންގްރެސް އާއި އެމްޑީޕީގެ މެންބަރަށް 2 ވޯޓު ލިބިފައިވާއިރު، އަމިއްލަ މެންބަރަށް ލިބިފައިވަނީ 1 ވޯޓެވެ. މިއާއެކު، އެލްޖީއޭއިން ވަނީ 2 ވޯޓް ލިބުނު ދެ މެންބަރުންގެ މެދުގައި އަލުން ވޯޓް ނެގުމަށް އަންގާފައެވެ.

ނަމަވެސް، އެ ގޮތަށް 5 ފަހަރު ވޯޓް ނެގުމުން ވެސް ކޮންގްރެސް ޕާޓީއާއި އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވަނީ ދެ ވޯޓު ލިބިފައެވެ. އަނެއް ވޯޓު ކޮންމެ ފަހަރަކު ވެސް ވަނީ ބާތިލެވެ.

އެހެންކަމުން، ރޭ ދަންވަރު 00:00 ޖަހަންދެން ވޯޓް ނެގުން ކުރިއަށް ގެންދިއުމަށް ފަހު ވެސް ނަތީޖާ ނުނެރެވުމުން އަލުން ވޯޓު ނެގުން މިއަދު ބޭއްވުމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450