Ads by Farudhun

ޚަބަރު

ލަންކާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ޚާއްސަ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވަނީ

ލަންކާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ޚާއްސަ ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވަނީ

ކުރީގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެްގެ ތެރެއިން ފޮޓޯ: ފައިނެންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2026، 12:35

18 މޭ 2026، 12:35

ދިވެހިރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އޮތް ގާތްކަމާއި އެކުވެރިކަން ހާމަކުރުމުގެ މަޤުސަދުގައި، ސްރީލަންކާގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ލޭ ހަދިޔާކުރުމުގެ ޚާއްސަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްއާއި ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 5 ވާ ހުކުރު ދުވަހުއެވެ.

ސްރީލަންކާގެ ހައިކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޭމްޕް ކުރިއަށްދާނީ ސްޓެލްކޯ ހެޑް އޮފީހުގެ 5 ވަނަ ފަންގިފިލާގައި ހުންނަ އޮޑިޓޯރިއަމްގައެވެ. ލޭ ހަދިޔާކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.

މި ކޭމްޕާ ގުޅޭގޮތުން ހައިކޮމިޝަނުން ވިދާޅުވީ، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަދި އިންސާނިއްޔަތަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި ދިރިއުޅޭ ވީހާވެސް ގިނަ ސްރީލަންކާ ރައްޔިތުން މި ކޭމްޕުގައި ބައިވެރިވެ ލޭ ހަދިޔާކުރުމަށް ހައިކޮމިޝަނުން ވަނީ އެދިލައްވާފައެވެ.

މި ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްޓަކައި، ހައިކޮމިޝަނުން އާންމުކޮށްފައިވާ ޕޯސްޓުގައިވާ ކިއުއާރު ކޯޑު ނުވަތަ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރިފައިވާއިރު، ލަންކާއަކީ ރާއްޖެއާ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން އެތައް ގޮތަކުން ގުޅިފައިވާ އަވަށްޓެރި ގައުމެކެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެއެވެ.
br<


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450