Ads by Farudhun

ޚަބަރު

މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް: އެމްޓީސީސީ

މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް: އެމްޓީސީސީ

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

18 މޭ 2026، 12:52

ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މީދޫ ބަނދަރު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އައު ބަނދަރު ފުން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. 

މި މަޝްރޫޢުގެ ދަށުން 14،337 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 29،508 ކިއުބިކް މީޓަރު ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއި، 2،038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 215.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޓާ ޖެޓީއެއް ހެދުމާއި، 1،495 އަކަމީޓަރުގެ ޕޭވްމެންޓް ހެދުން، އަދި 20 މީޓަރު ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ރޭމްޕެއް ހެދުމާއި 15 މީޓަރުގެ ދިގު 2 ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރު ކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢަކީ، 3 އޮގަސްޓް 2026 ވަނަ ދުވަހު އެމްޓީސީސީއަށް  44.81 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450