Ads by Farudhun

ޚަބަރު

ސަޢުދީގެ ޝޫރާ މަޖިިލީހުގެ ރައީސް ރާއްޖެއަށް ވަޑައިގެންފި

ސަޢުދީގެ ޝޫރާ މަޖިިލީހުގެ ރައީސް ރާއްޖެއަށް ވަޑައިގެންފި

ސަޢުދީގެ ޝޫރާ މަޖިލީހުގެ ރައީސް ރާއްޖެއަށް ވަޑައިގަތުން. ފޮޓޯ:އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މޭ 2026، 04:12

19 މޭ 2026، 04:12

ސައުދީ އަރަބިއްޔާގެ ޝޫރާ މަޖިލީހުގެ ރައީސް، ހިޒް އެކްސެލެންސީ ފަޟީލަތުއްޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް އައްޝައިޚް، ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުއްރަހމް އަބްދުﷲގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޝޫރާ މަޖިލީހުގެ ރައީސްގެ އަރިހުގައި އެ މަޖިލީހުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޑރ. މުޙައްމަދު ބިން ޢަލީ މުބާރަކް، އިންޖިނިއަރ މަހްދީ ބިން ނާޞިރު އަލް-ދައުސަރީ، ޑރ. ލުލްވާ ބިންތި ޢަބްދުލްޣައްފާރު ފާދާ އަދި ޑރ. ދަލާލް ބިންތި މުޙްޔިއްދީން މަނާފާނީ ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އާ ފުރުސަތުތަކެއް ހުޅުވާލުމެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޢަބްދުﷲ އާލް އައްޝައިޚް ވިދާޅުވީ، މިއީ ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ ދޭދޭ ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ.

"މިއީ ދެ ގައުމުގެ ލީޑަޝިޕުން ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި، މެދުނުކެނޑި މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚުވަންތަކަމުގެ ރޫހުގެ މައްޗަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޕާލަމެންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޝޫރާ މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ  ތަފާހުމާއި އެކުވެރި ކޮމިޓީތަކާއި ބަރުލަމާނީ އެއްބާރުލުން މެދުވެރިކޮށް ގުޅިފައިވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮތް ވަރުގަދަ ފާލަމެއް ކަމަށެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި އޮތް ގުޅުމަށް އާ ދިރުމެއް ލިބޭނެ ކަމަށް އެ މަނިކުފާނު އުންމީދު ކުރައްވައެވެ.

މި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޝޫރާ މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުއްރަޙީމް އަބްދުﷲ އާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ބައެއް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މަސްލަހަތު ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450