Ads by Farudhun

ޚަބަރު

ދިވެހި ޙާޖިން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލުން ކާމިޔާބު ކަމާއެކު ނިންމާލައިފި

ދިވެހި ޙާޖިން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލުން ކާމިޔާބު ކަމާއެކު ނިންމާލައިފި

އެމްއޭސީއެލްގެ މުވައްޒިފުން ޙައްޖުވެރިންނަށް އެހީތެރިވުމުގައި. ފޮޓޯ: އެމްއޭސީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މޭ 2026، 04:14

19 މޭ 2026، 04:14

1447 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އެންމެހާ ޙައްޖާޖީން ފުރުވާލުމުގެ ކާމިޔާބު މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފުރިހަމަކޮށްފިއެވެ.

މި މަސައްކަތް ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދެވުނީ އެމްއޭސީއެލްގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ކުރެވުނު އިންތިޒާމުތަކުގެ ތެރެއިންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޙައްޖާޖީން ފުރުމުގެ ކަންކަން ކަށަވަރުކުރުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓާއި، ޕެސެންޖަރ ސަރވިސަސް، ޓަރމިނަލް ސަރވިސަސް، އަދި އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ މުވައްޒަފުން ގުޅިގެން ވަނީ ތަރުތީބު ތައްޔާރީތަކެއް ހަމަޖައްސާފައެވެ. މި މަސައްކަތުގައި އެ ކުންފުނީގެ ހީވާގި އެންމެހާ މުވައްޒަފުންގެ ބައިވެރިވުން ފާހަގަކުރެވިފައިވެއެވެ.

ޙައްޖާޖީންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ވޯޓަރ ފްރަންޓު އިމާރާތުގައި ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ. މީގެ އިތުރުން، ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ޙައްޖުވެރިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް މަޑުކޮށްގެން ތިބެވޭނެ އިންތިޒާމުތަކާއި، ބޯފެނާއި ވުޟޫކުރުމަށް ބޭނުންވާ ފަސޭހަ އިންތިޒާމުތައް ވެސް ވަނީ ގާއިމުކޮށްފައެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް އެމްއޭސީއެލުން ކުރި މަސައްކަތް ކާމިޔާބުކުރުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450