Ads by Farudhun

ޚަބަރު

މި އަހަރުގެ އަމީރުލް ޙައްޖަކީ ވަޒީރު ސަޢީދު ކަމުގައި ކަނޑައަޅުއްވައިފި

މި އަހަރުގެ އަމީރުލް ޙައްޖަކީ ވަޒީރު ސަޢީދު ކަމުގައި ކަނޑައަޅުއްވައިފި

އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު---

farudhun logo

ފަރުދުން

19 މޭ 2026، 05:09

19 މޭ 2026، 05:09

މި އަހަރުގެ އަމީރުލް ޙައްޖު ނުވަތަ ދިވެހި ޙައްޖުވެރިންގެ އެންމެ އިސްވެރިއަކީ އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކަމުގައި ކަނޑައަޅުއްވައިފިއެވެ.

ވަޒީރު ސަޢީދަކީ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ކޮންމެ އަހަރެއްގެވެސް ޙައްޖަށްދާ ފަރާތްތަކުގެ ހުރިހާ ކަމެއްގެ އެންމެ އިސްފަރާތަކަށް ބޭފުޅަކު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި އަހަރު ރާއްޖެއިން ޙައްޖައްދާ ހުރިހާ ޙައްޖާޖީން ވަނީ މިހާރު ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. ޙައްޖާޖީންގެ އެންމެ ފަހު ފްލައިޓް ފުރާފައި ވަނީ މިއަދުއެވެ. ޖުމްލަ 4 ފްލައިޓުގައި ޙައްޖުވެރިން ދަތުރުކޮށްފައިވާއިރު، މި ދަތުރުތަކަށް ބޭނުންކުރީ މޯލްޑިވިއަންގެ 2 ފްލައިޓާއި ސަޢުދީއާގެ 2 ފްލައިޓެވެ.

ދިވެހި ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުން، މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޙާޖީންނަށް އަންނަނީ "މައްކާ ރޫޓް އިނިޝިއޭޓިވް"ގެ ޚިދުމަތް ދެމުންނެވެ. މި ޚިދުމަތްތަކާއެކު ދިވެހި ޙައްޖާޖީންނަށް ދަނީ ގިނަ ލުއިތަކެއް ލިބެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450