Ads by Farudhun

ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެގެ މަގެއްގައި ފުލުސް އޮފިސަރެއް ހުއްޓުލައިގެން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މޭ 2026، 07:14

19 މޭ 2026، 07:14

ހުޅުމާލެ ފޭސް 2 ގެ ރީތިގަސްމަގުގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 މެއި 19 ވަނަ ދުވަހުގެ ހަވީރު 15:50 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި އެކްސިޑެންޓްގައި ތިން ސައިކަލު ޖެހިފައިވާއިރު، ހާދިސާގައި ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާ ލިބިފައިވަނީ ދިވެހި އަންހެނަކަށާއި ދިވެހި ފިރިހެނަކަށެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ކަށަވަރުކޮށްދެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލް މިހާރު ޓޯވ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450