Ads by Farudhun

ޚަބަރު

ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތް ނިމުމަކާއި ގާތައް

ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތް ނިމުމަކާއި ގާތައް

ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އާރްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މޭ 2026، 03:47

20 މޭ 2026، 03:47

ޅ. ހިންނަވަރުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިވަގުތު ކުރިއަށްދަނީ ދަނޑުގެ ވޯކްވޭ ސްކްރީޑް އެޅުމާއި، ފާރުގައި ކުލަލުމުގެ އިތުރުން ފެންސު ޖެހުމާއި ދުވާރުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. މީގެ އިތުރުން ގްރައުންޑް ލެވެލިން އަދި ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ސަރުކާރުން ހިންނަވަރުގައި އާ ފުޓްސަލް ދަނޑެއް ތަރައްޤީ ކުރަން ފެށީ، އެ ރަށުގައި މީގެ ދިހަވަރަކަށް އަހަރު ކުރިން އަޅާފައި އޮތް ދަނޑު ވަރަށް ބޮޑަށް ހަލާކުވެ، ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ވަނިކޮށެވެ. 

މި މަޝްރޫޢަކީ ސަރުކާރުން 1.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 29 މާރިޗު 2025 ގައެވެ. މި ދަނޑު ނިމުމާއެކު ހިންނަވަރުގެ ކުޅިވަރު ކުޅޭ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ވަޞީލަތްތަކާއެކު ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450