ޚަބަރު
ބޮޑުތަކުރުފާނު މަގުގެ 76 އިންސައްތަ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިމިއްޖެ
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ޝީޓް ޕައިލް ކުރުމުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލާފައެވެ. މި މަޝްރޫޢުގެ ސެގްމަންޓް 2، 3 އަދި 4 އެއްކޮށް ޖުމްލަ 400 މީޓަރުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، މިއީ މުޅި މަޝްރޫޢުގެ 76 އިންސައްތަ މަސައްކަތެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ކީވޯލް ކެޕިންގް މަސައްކަތްތައް ވަނީ ރަސްމީކޮށް ފަށާފައެވެ. މީގެ އިތުރުން ސެގްމަންޓް 4 ގެ ދުވާރު ހެދުމުގެ މަސައްކަތާއި، ފެން ހިންދުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަން ވަޅު ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރުމިނުގައި ކުރިއަށެވެ.
މަގުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމުގެ ގޮތުން ކުރިއަށްދާ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ނިންމަންޖެހޭ މުހިންމު މަރުހަލާއެކެވެ.
400 meters (76%) of sheet piling have been installed under segments 2, 3, and 4 of the Malé North Side Boduthakurufaanu Magu Road Project (Phase 1).
— MTCC Plc (@MTCCPlc) May 20, 2026
With the commencement of quaywall capping works last week, sidewalk construction has commenced in segment 4, along with the… pic.twitter.com/q20RoPx5cK
މީގެ އިތުރުން، ފެން ހޮޅި އެޅުމާއި، ފެން ހިންދާ ކެޗްޕިޓް އަދި ފެން ވަޅު ހެދުމުގެ މަސައްކަތްތައްވެސް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ. ހަމައެއާއެކު، އެންކަރ ބްލޮކް ހަރުކުރުމާއި ކީވޯލް ޕެނަލް ޖެހުމުގެ މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަކީ ބޯޓުފަހަރު ކައިރިކުރުމާއި މުދާ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދަކަށްވުމުން، މި މަޝްރޫޢު ނިމުމުން އެ ސަރަހައްދުގެ ތަރުތީބަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.