Ads by Farudhun

ޚަބަރު

މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރާތީ ގިނަ ބަޔަކު މި މަސައްކަތަށް އަނބުރާ އައިސްފި: ތަރުޖަމާނު

މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރާތީ ގިނަ ބަޔަކު މި މަސައްކަތަށް އަނބުރާ އައިސްފި: ތަރުޖަމާނު

ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް---

farudhun logo

ފަރުދުން

20 މޭ 2026، 11:40

20 މޭ 2026، 11:40

މި ސަރުކާރު އައި ފަހުން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދޫކުރާތީ، ކުރިން މި ސިނާއަތް ދޫކޮށްފައި ދިޔަ ބައެއް ފަރާތްތައް ވެސް އަނބުރާ މަސްވެރިކަމުގެ ތެރެއަށް އައިސްފައިވާކަމަށް، ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުޙައްމަދު ޝަރީފް ވިދާޅުވީ، މަސްވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް މިހާރު އަންނަނީ އިތުރުވަމުންނެވެ. 

މި ސިނާއަތުގައި މަސައްކަތް ކުރަމުންދިޔަ ބައެއް ފަރާތްތަކުން މާޔޫސްވެ ގޮތް ހުސްވެގެން ސިނާއަތާ ދުރަށް ދިޔައީ ބާނާ މަހަށް ފައިސާ ނުލިބި، އެ ކަމަށް ސަލާން ޖަހަން ޖެހުމުން ކަމުގައި ވިޔަސް މިހާރު އެ ޙާލަތު ބަދަލުވެފައިވުމުން މަސްވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ބޮޑުވެއްޖެކަމަށް ތަރުޖަމާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ މަސްވެރިންނަކީ އޮޔާ، ވަޔާ، ވާރެ އާއި ގަދަހޫނުގައި ބުރަ މަސައްކަތްތަކެއް ކޮށްގެން އާމްދަނީ ހޯދާ ބައެއް. އެ ބޭފުޅުން އެ މަސައްކަތް ކުރައްވާފައި، ސްލިޕެއް ދިއްކޮށްލުމަށްފަހު އެ ބޭފުޅުންގެ ޙައްޤު އުޖޫރަ ހޯދުމަށް ސަރުކާރަށް ސަލާން ޖަހަން ޖެހުމަކީ ސަރުކާރަކަށް ލަދުވެތިކަމެއް. އޭރު އެކަން އޮތީ އެހެން. ނަމަވެސް މިހާރު އެކަން ބަދަލުކޮށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރަން ފެށުމުން މި ސިނާއަތަށް އަލަށް ވަންނަ މަސްވެރިން ވެސް ގިނަ، އަދި އަނބުރާ އަންނަ މަސްވެރިންވެސް ގިނަވެއްޖެ. އަދި މި ސިނާއަތް އިޚްތިޔާރުކުރާ ޒުވާނުން ވެސް އިތުރުވެއްޖެ. 

އިސްތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މަސްވެރިކަމާ ބެހޭ ވުޒާރާއިން އެ ސިނާއަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި މަސްވެރިކަމުގެ ބާވަތްތައް އިތުރުކުރުމާއި، އެކްސްޕޯޓު މަސައްކަތުގައި އުޅޭ ފަރާތްތަކަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއި ޒަމާނާ އެކީ އެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ. 

މީގެއިތުރުން މުނިފޫހިފިލުވުމުގެ ގޮތުން މަޝްވެރިކަން ކުރާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތަތައް ފަހިކޮށް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިނގިރޭސިވިލާތައް އެކްސްޕޯޓުކުރާ މަހުން ނަގަމުން ދިޔަ ޓެރިފް މި މަހުގެ 20ވަނަ ދުވަހުން ފެށީގެން ނުނެގުމަށް ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450