Ads by Exprox

ޚަބަރު

ޖަމީލް ނޫންތޯ ރައީސް ޔާމީނުގެ ވެރިކަން ވައްޓާލީ؟ - އަދީބު

ޖަމީލް ނޫންތޯ ރައީސް ޔާމީނުގެ ވެރިކަން ވައްޓާލީ؟ - އަދީބު

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު- ފޮޓޯ: ސޯޝަލް މީޑިއާ

farudhun logo

ފަރުދުން

03 ސެޕްޓެމްބަރު 2024، 01:02

03 ސެޕްޓެމްބަރު 2024، 01:02


2015 ވަނަ އަހަރު ހުރަގޭގައި އޮއްވާ، އެމްޔޫއޯ ކިޔާ ހަރަކާތް އުފައްދާ އޭގެ އެޑްވައިޒަރަކަށް އޭނާ ލައިގެން އެ ހަރަކާތުގެ ރައީސްއަކަށް ހުންނަވައިގެން މުޙައްމަދު ޖަމީލު އަޙުމަދު އޭރުގެ ރައީސް ޔާމީނުގެ ވެރިކަން ވައްޓާލީ ނޫންތޯ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ސުވާލު ކުރައްވައިފިއެވެ. 

މިއަދު ހެނދުނު އަދީބު އެސްކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުނުކުރައްވާ ކަމަށެވެ. އެމްޔޫއޯ ކިޔާ ހަރަކާތް އުފައްދާ އޭގެ އެޑްވައިޒަރަކަށް އޭނާ ލައިގެން އެ ހަރަކާތުގެ ރައީސްއަކަށް ހުންނަވައިގެން މުޙައްމަދު ޖަމީލު އަޙުމަދު އޭރުގެ ވެރިކަން ވައްޓާލިކަމާމެދު ސުވާލު އުފައްދަވާ ކުރެއްވި ޕޯސްޓްގެ ފަހަތުން އަދީބު ވަނީ ސިޔާސީ ގޮތުން މަޝްހޫރުކަން ހޯދުމަށް އޭނާގެނަން ބޭނުން ނުކުރަން އެދިފައެވެ. 

ސިޔާސީ ގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން - އަދީބު ވިދާޅުވެފައި ވެއެވެ.

ބެލެވޭގޮތުން މި ރައްދަކީ ދާދި ފަހުން ރައީސް މުޢިއްޒު އަދީބު އާއި ސިންގަޕޫރުގައި ބައްދަލުކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ޕާޓީ ޕީއެންއެފްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކުރަމުންދިޔަ ތުހުމަތު ތަކަށް ދެއްވާފައިވާ ރައްދެކެވެ. 

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުރަޙީމް ޢަބްދުﷲ ވެސްރައީސް މުޢިއްޒު އަދީބާއި ބައްދަލު ނުކުރައްވާ ކަމަށް  ވިދާޅުވެފައިވެއެވެ. ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް އާއި އަދީބު ބައްދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އަދި ރައީސް އާއި އަދީބު އާއި ދެމެދު ގާތް ގުޅުމެއް ވެސް ވިޔަފާރީގެ ގުޅުމެއް ވެސް ނެތް ކަމަށެވެ. 

ރައީސް މުޢިއްޒު އަދީބު އާއި ބައްދަލުކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ޕާޓީ ޕީއެންއެފްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދަނީ ތުހުމަތުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco