Ads by Farudhun

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ ގައިދީއަކު ފިލައިފި

ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ ގައިދީއަކު ފިލައިފި

ފަރުވާއަށް ގެންދިޔުމުން ފިލައިގެން ދިޔަ ޝަހުބާން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މޭ 2026، 04:07

21 މޭ 2026، 04:07

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 މެއި 20 ވާ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭގެ ވަގުތެއްގައެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި މި ގައިދީއަކީ ކޮން ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއްކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް، އެ މީހާ ހޮސްޕިޓަލަށް ގެންދެވުނީ ބޭސްފަރުވާއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، ފިލި ގައިދީ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450