ޚަބަރު
ގުޅީ ސްކޫލްގައި އިމާރާތްކުރާ ހަ ކްލާސްރޫމުގެ މަސައްކަތް ކުރިއަށްދަނީ
ގުޅީ ސްކޫލްގެ ކްލާސްރޫމްތައް އިމާރާތްކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ކ. ގުޅީ ސްކޫލްގައި އިމާރާތްކުރާ ހަ ކްލާސްރޫމުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ދެވަނަ ފްލޯގެ ސްލެބް ރީއިންފޯސްމަންޓް މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ގުޅީ ސްކޫލްގައި އަލަށް އިމާރާތްކުރާ ހަ ކްލާސް ރޫމްގެ އިތުރުން މި މަޝްރޫޢުގެ ދަށުން މަލްޓި ޕާޕަސް ހޯލެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން، އެރަށު ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
Project Update: Completion of 6 classrooms and a Multi-Purpose Hall at K. Gulhi School.
— MTCC Plc (@MTCCPlc) May 21, 2026
Second floor slab reinforcement works are ongoing.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/eHXBOzMvML
މި މަޝްރޫޢު ނިމުމާއެކު ގުޅީ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ކިޔަވައިދިނުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.