ޚަބަރު
ޢީދު ދުވަހާއި ޙައްޖު ދުވަހު ތެލެސީމިޔާ ސެންޓަރު ބަންދު
ތެލެސީމިޔާ ސެންޓަރ. ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ޙައްޖު ދުވަހާއި އަޟްހާ ޢީދު ދުވަހު މޯލްޑިވިއަން ބްލަޑް ސާރވިސަސް (އެމް.ބީ.އެސް) ގެ ޚިދުމަތްތައް ބަންދުވާނެކަން އެ ސެންޓަރުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް އެ ސެންޓަރުން ވަނީ ޚިދުމަތް ހޯދާ ފަރާތްތަކުން މި ބަދަލަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް މޭ މަހުގެ 26 ވާ ޙައްޖު ދުވަހާއި، މޭ މަހުގެ 27 ވާ އަޟްހާ ޢީދުގެ ފުރަތަމަ ދުވަހު އެ ސެންޓަރު ބަންދުވާނެ ކަމަށެވެ. މިއީ ޢީދު ބަންދު ދުވަސްތަކާ ގުޅިގެން ގެނެވުނު ބަދަލެއް ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.
މި ދެ ދުވަހު ޚިދުމަތް މެދުކަނޑާލި ނަމަވެސް، މޭ މަހުގެ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަލުން ޚިދުމަތް ދޭން ފަށާނެއެވެ. އެގޮތުން އެ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްފަދައިން މިހާރުވެސް ޚިދުމަތް ދެމުން އަންނަ ރަސްމީ ގަޑިތަކުގައި ޚިދުމަތްތައް ކުރިއަށްދާނެކަމަށް އެމް.ބީ.އެސްއިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ހުކުރު ދުވަސްތަކުގައިވެސް އެ ސެންޓަރުން އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ނަމަވެސް ބޮޑު އީދާއި ޙައްޖު ދުވަހުގެ ބަންދަށްފަހު ޚިދުމަތް ހޯދާ ފަރާތްތަކުން ކުރިއާލާ ތައްޔާރުވުމަށް އެ ސެންޓަރުން އެދެއެވެ.