ޚަބަރު
ހުޅުމާލެ ފަޅުތެރެއިން މީހަކު ގެއްލިގެން ހޯދަނީ
ާގެއްލިގެން ހޯދަމުންދާ މީހާ ގެއްލުނު ސަރަހައްދު. ފޮޓޯ: ފުލުހުން
ހުޅުމާލެ ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:30 ހާއިރުއެވެ. ގެއްލިގެން ހޯދަމުންދަނީ ހުޅުމާލެ ސްޓެލްކޯ ސަރަހައްދާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި މީހެކެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، ގެއްލުނު މީހާ ހޯދުމުގެ އޮޕަރޭޝަން މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތުގައި މެރިން ޕޮލިސް އާއި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ފަޅުތެރެއަށް ފޭބި މީހާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ދަނީ ކުރިއަށެވެ.