ޚަބަރު
ލަންކާއަށް ދަތުރުކުރުމުގެ ކުރިން ޙުއްދަ ނެގުމަށް އަންގައިފި
ސްރީލަންކާގެ ޤައުމީ އެއާރލައިންގައި ދަތުރުވެރިއަކަށް ޚިދުމަތްދެނީ / ފޮޓޯ: ސްރީލަންކަން އެއާރލައިންސް
ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން ޙުއްދައެއް ނެގުމަށް އެ ޤައުމުން އަންގައިފިއެވެ.
ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަނުން މިކަމުގެ މަޢުލޫމާތު ދެމުން ބުނީ، އެ ޤައުމަށް ދަތުރުކުރާ ހުރިހާ ފަތުރުވެރިން ވެސް "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން" (އީޓީއޭ) ނަގަންޖެހޭނެކަމަށެވެ. އަދި މި ބަދަލަށް މި މަހުގެ 25ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެކަމަށް ވެސް ވަނީ ބުނެފައެވެ.
މި ބަދަލު އައި ނަމަވެސް، ހުރިހާ ދިވެހީންނާށް 90 ދުވަހުގެ ޓުއަރިސްޓް ވިސާއެއް ލިބޭނެއެވެ.
އީޓީއޭއަކީ އޮންލައިންކޮށް ނަގަން ޖެހޭ ޙުއްދައަކަށްވީއިރު، މިކަން ކުރެވޭނީ eta.gov.lk އަށް ޒިޔާރަތްކޮށްގެންކަމަށް ސްރީލަންކާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.