ޚަބަރު
މަގުމައްޗަށް ނުކުތީމަ ފެންނަނީ ފުޅާވެފައި އޮތް އަމިއްލަ އަތް އެކަނި ނަމަ ދެން ކުރެވޭނެ ކަމެއް ނެތް: ސޯލިހު
ރައީސް ނަޝީސު، ކުރީގެ ރައީސް ސޯލިހު -- ފޮޓޯ : ވަން
މަގުމައްޗަށް ނުކުތީމަ ފެންނަނީ ފުޅާވެފައި އޮތް އަމިއްލަ އަތް އެކަނި ނަމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބުރާހިމް މުހައްމަދި ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އަމަލުފުޅުތަކަށް އިޝާރާތް ކުރައްވައި، އިބޫ މިވަނީ ނަޝީދުއަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.
ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާއިރު އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތާއި އިއްތިހާދުގެ ރޫހު އިސްކުރަން ޖެހޭ ކަމަށެވެ.
"ތިމަންނައޭ އެންމެ މޮޅު މީހަކީ، މަގުމައްޗަށް ނުކުތީމަ ތިމަނައަށް ފެންނަނީ ފުޅާވެފައި ހުރި ތިމަންނަގެ އަތް އެކަނި ކަމަށްވާ ނަމަ، ދެން ކުރެވޭނެ ކަމެއް ނޫން،" ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، މިއީ ރައީސް ނަޝީދު އިންތިޚާބުގައި ވާދަކުރައްވަންވީ ވަގުތެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ކުރީގެ ރައީސް ޔާމީނާއެކު އުފެއްދި "ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް" އާ ގުޅިވަޑައިގެން ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމިހުންނަވަން ޖެހޭ ކަމަށެވެ. އެމަނިކުފާނު މިފަދަ ބަަހުގެ ހަމަލާއެއް ދެއްވީ ނަޝީދަށް ބަދުބަހެއް ވިދާޅުވާން ބޭނުންފުޅު ނުވާކަން ކުރިން ހާމަކުރެއްވުމަށް ފަހުގައެވެ.
އެމްޑީޕީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނުވަތަ ތަޅާފޮޅުމެއް އުފެދުމަށް ބޭނުންފުޅު ނުވާކަން ހާމަކުރައްވަމުން، ޕާޓީގެ މުސްތަގުބަލަށްޓަކައި ޗެއާޕާސަންގެ މަގާމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހޮވަން ޖެހޭ ކަމަށް ވެސް ސޯލިހް ވިދާޅުވިއެވެ.
އެމްޑީޕީ ދެބައި ވެފައިވާ ކަމަށާއި، މި ކަމުގެ ސަބަބުން ގައުމަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ރައްޔިތުން ބުނަމުންދަނީ ފުރަތަމަ އެމްޑީޕީގެ ތެރޭގައި އޮތް ތަޅާފޮޅުން ހައްލަކަށް ގެނެސްގެން މެނުވީ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީ އިން މިއީ ގައުމު ހަލަބޮލި ކުރުމަށް ކުޅޭ ކުރު ފިލްމެއް ކަމަށް ގިނަ ރައްޔިތުން ދަނީ ސިފަ ކުރަމުންނެވެ.