Ads by Farudhun

ޚަބަރު

ފޮޓޯތަކަށް އިންތިޒާރުކުރިން، އެކަމަކު ލިބުނީ މަރުގެ ހަބަރު

ފޮޓޯތަކަށް އިންތިޒާރުކުރިން، އެކަމަކު ލިބުނީ މަރުގެ ހަބަރު

ފޮޓޯ : ނިއުސްނާ

22 މޭ 2026، 04:00

ޑައިވްގެ ފޮޓޯތަކަށް އިންތިޒާރު ކުރި ކަމަށާއި އިންތިޒާރުގައި ހުއްޓާ ލިބުނީ މަރުގެ ހަބަރު ކަމަށް ވ. އަތޮޅުގައި މިދިޔަ ހަފުތާގައި ހިނގި ހިތާމަވެރި ޑައިވިން ހާދިސާގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރޭގައި ހިމެނޭ އުމުރުން 22 އަހަރުގެ ޖޯޖިއާ ސޮމަކަލްގެ ލޯބިވެރިޔާ ފެޑެރިކޯ ކޮލޮމްބޯ ބުނެފިިއެވެ.

ޖޯޖިއާ އޭނާގެ ލޯބިވެރިޔާއަށް ފޮނުވި އެންމެ ފަހު މެސެޖު ފެޑެރިކޯ ހާމަކޮށްފައިވާއިރު، އިޓަލީގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ޖޯޖިއާ ޑައިވިންއަށް ދިޔައީ ވަރަށް އުފަލުން ހުރެގެން ކަމަށެވެ. ޖޯޖިއާގެ އެންމެ ފަހު މެސެޖުގައި ބުނެފައިވަނީ، ލޮނުގަނޑުން މައްޗަށް އެރިގޮތަށް އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި ފޮޓޯތައް އޭނާއަށް ފޮނުވުން ކަމަށެވެ. 

"އަހަރެން އެ ފޮޓޯތަކަށް އިންތިޒާރުކުރިން. އެކަމަކު އެ ފޮޓޯތަކެއް ނައި. އޭގެ ބަދަލުގައި ޖޯޖިއާގެ ބައްޕަ ގުޅާފައި ދިނީ އޭނާ މަރުވި ހިތާމަވެރި ހަބަރު،" ކޮލޮމްބޯ ކިޔައިދިނެވެ.

މި ހާދިސާ ހިނގާފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގެ ކަނޑުގެ ގާތްގަނޑަކަށް 200 ފޫޓު އަޑީގައި އޮތް ހޮހަޅައެއްގެ ތެރޭގައެވެ. މި ހާދިސާގައި ޖޯޖިއާގެ އިތުރުން އޭނާގެ މަންމަ އަދި ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51 އަހަރު) އާއި އިތުރު ތިން ފަތުރުވެރިން ވަނީ މަރުވެފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ގްރޫޕް މަރުވީ މިޔަރުތަކާއެކު ހޮހަޅައެއްގެ ތެރޭގައި ތާށިވެގެންނެވެ.

ކޮލޮމްބޯ އިތުރަށް ބުނިގޮތުގައި ޖޯޖިއާ އަކީ އޭނާގެ މުސްތަގުބަލުގެ އަނބިމީހާއެވެ. އަދި ޖޯޖިއާގެ މަންމަ މޮނިކާ އަކީ އޭނާގެ ދެވަނަ މަންމަ ފަދަ މީހެކެވެ. ޖޯޖިއާގެ ކިޔެވުން ނިމުމުން އެމީހުން ދާން ރާވާފައި އޮތީ މިސްރަށެވެ.

އަހަރެން އަދިވެސް އިންތިޒާރު ކުރަނީ އޭނާ އަންނާނެ ވަގުތަކަށް. ވީގޮތް ގަބޫލުކުރަން އަދިވެސް އުނދަގޫ،" ހިތާމައިގައި ހުރި ޒުވާނާ ބުންޏެވެ.

ޖޯޖިއާ އެނބުރި އިޓަލީއަށް ދާން އޮތީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ކޮލޮމްބޯގެ އުފަންދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450