ޚަބަރު
"ގުޅީ ކީއްވެހޭ؟" – އެ ސުވާލަށް ރައީސް ނަޝީދު ދެއްވީ ތަފްސީލީ ޖަވާބެއް
ރައީސް ނަޝީދު - ފޮޓޯ : ފަރުދުން
ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ 24 ގަޑިއިރުގެ ޒިންމާއެއް ކަމަށާއި، ވަކި ވަގުތެއް ނެތް ގޮތަށް މުވައްޒަފުންނާ މުއާމަލާތް ކުރަންޖެހޭ ސަބަބުތައް ހުންނާނެ ކަން ފާހަގަކުރައްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބައެއް ފަހަރު ބޭރުގެ ގައުމަކަށް ފޮނުވަންޖެހޭ މުހިންމު މެސެޖެއް އޮވެދާނެ ކަމަށާއި، އެފަދަ ހާލަތްތަކުގައި ދަންވަރުގެ ވަގުތެއްގައި ވިޔަސް މުވައްޒަފަކާ ވާހަކަދައްކަން ޖެހިދާނެ ކަމަށެވެ.
އެމްޑީޕީއިން ރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތައް ރައީސުންނެއް، ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ނުވަތަ ކުއްލި މައްސަލަތަކުގައި މިފަދައިން މުވައްޒަފުންނަށް ގުޅުއްވައި ކަންކަން ސާފުކުރައްވާނެ ކަމީ އެމަނިކުފާނަށް ޔަގީންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ދަންވަރު ދޭއް ޖަހާއިރުވެސް އޮފިޝަލަކަށް، މުވައްޒަފަކަށް ގުޅަން ޖެހިދާނެ. އަދި ފަތިހު ފަހެއް ޖަހާއިރުވެސް ގުޅަން ޖެހިދާނެ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ އިން މި ދައްކަނީ އެއްވެސް އަސާސެއްނެތް، އެއްވެސް ހަގީގަތެއް ނެތް ވާހަކަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ހަމައެއާއެކު އެމްޑީޕީގެ ވެރިން މި ވާހަކަތައް ދައްކަވަމުން މި ގެނަދަވަނީ އަމިއްލަ އެދުމެއް އޮވެގެން ކަމަށާއި، މި ކަމަމަކީ އަދުގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް ކުޅޭ ކުރި ފިލްމެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިއަދު މިފެންނަނީ އެމްޑީޕީގެ އަޑު ފަނޑުވެފައިވާތީ އެކަން އޮއްބާލާ، ސަމާލުކަން ހޯދުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ގިނަ ރައްޔތުންނ ތަކެއް ދަޏީ ސިފަ ކުރަމުންނެވެ.