ދުނިޔެ

އިންޑިއާ ކަނޑަށް ތިރިކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިލޮން މަސްކުގެ 'ސްޓާޝިޕް' ގޮވައިފި

އިންޑިއާ ކަނޑަށް ތިރިކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިލޮން މަސްކުގެ 'ސްޓާޝިޕް' ގޮވައިފި

ސްޓާރޝިޕް ގޮވުމަށްފަހު އަލިފާން ރޯވެފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2026، 01:23

23 މޭ 2026، 01:23

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އިލޮން މަސްކުގެ ސްޕޭސް އެކްސް ކުންފުނީގެ ޒަމާނީ "ސްޓާޝިޕް" ރޮކެޓް، އިންޑިއާ ކަނޑަށް ކާމިޔާބުކަމާއެކު ތިރިކުރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގޮވައިފިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ތާރީޚީ މިޝަންގައި، ގާތްގަނޑަކަށް އެއް ގަޑިއިރަށް ދެމިގެންދިޔަ ދަތުރަށްފަހު ރޮކެޓް ވަނީ އިންޑިއާ ކަނޑުގެ މެދަށް ތިރިކޮށްފައެވެ. ނަމަވެސް، ރޮކެޓް ކަނޑުގެ ތަރަހައިގައި ޖެހުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބާރުގަދަ ގޮވުމަކާއެކު ވަނީ އަލިފާން ރޯވެފައެވެ. މިޝަން ރާވާފައިވާ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ގޮވުމަކީ ކުރިންވެސް ލަފާކުރެވިފައިވާ އަދި މިޝަންގެ ޕްލޭނާ އެއްގޮތަށް ހިނގި ކަމެކެވެ.

މި ރޮކެޓް ފޮނުވާލާފައިވަނީ އެމެރިކާގެ ޓެކްސަސްގައި ހުންނަ ސްޕޭސް އެކްސްގެ "ސްޓާބޭސް" ފެސިލިޓީންނެވެ. މިއީ އެ ކުންފުނީގެ އެންމެ ޒަމާނީ އަދި ބިޔަ "ސުޕަރ ހެވީ" ބޫސްޓަރުގެ އެހީގައި ޖައްވަށް ފޮނުވާލި އުޅަނދެކެވެ.

މި ޓެސްޓް ދަތުރަކީ ހަނދަށާއި މާސްއަށް އިންސާނުންނާއި މުދާ އުފުލުމަށްޓަކައި އިލޮން މަސްކު ފަރުމާކުރައްވާފައިވާ އައު ޖީލުގެ ރޮކެޓް ސިސްޓަމް ތަރައްޤީކުރުމަށް ކުރިއަށްގެންދެވުނު މުހިންމު ފިޔަވަޅެކެވެ. ރޮކެޓް ގޮވައިގެން ދިޔަ ނަމަވެސް، ކަނޑައެޅިފައިވާ އަމާޒަށް ރޮކެޓް ތިރިކުރެވުމަކީ މި ޓެސްޓް ކާމިޔާބު ކަމެއްގެ ގޮތުގައި ސްޕޭސް އެކްސްއިން ސިފަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450