Ads by Farudhun

ޚަބަރު

އޭބޯލާއާއި ހަންޓާ ވައިރަހުން ރައްކާތެރިވުމަށް އެއާޕޯޓުގައި ސްކްރީން ކުރަންވަނީ ފަށާފައި: ތަރުޖަމާނު

އޭބޯލާއާއި ހަންޓާ ވައިރަހުން ރައްކާތެރިވުމަށް އެއާޕޯޓުގައި ސްކްރީން ކުރަންވަނީ ފަށާފައި: ތަރުޖަމާނު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2026، 05:55

23 މޭ 2026، 05:55

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ އޭބޯލާ އާއި ހަންޓާ ވައިރަސް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ދުނިޔޭގައި ފެތުރެމުންދާ މިފަދަ ބަލިމަޑުކަމުގެ ކާރިސާތަކާ ގުޅިގެން މީގެ ކުރިންވެސް ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި މިހާރު ފެތުރެމުންދާ ބަލިތަކަށް ސަރުކާރުން އޮތީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށް ފާހަގަކުރެއްވިއެވެ.

ފުރުސަތު ކުޑަ އެކަމަކު ހަމަ އެލާޓުގައި އެބަ މަސައްކަތް ކުރައްވާ. ދެ ބަލިމަޑުކަމަށް ވެސް ނަޒަރު ހިންގަވައިގެން ރާއްޖެ އެތެރެވާ މީހުން، ހާއްސަކޮށް އެއާޕޯޓަށް އަންނަ މީހުން ސްކްރީންކުރަމުން ދަނީ

ތަރުޖަމާނު ވިދާޅުވިއެވެ.

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ލައިނާ އަކުން ފެނުނު ހަންޓާ ވައިރަސް އާއި، ކޮންގޯ އަދި ޔޫގެންޑާގައި ފެތުރެމުންދާ އޭބޯލާ ބަލިމަޑުކަމަކީ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަލިތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެޗްޕީއޭ އިން ވެސް ވިދާޅުވި ގޮތުގައި ރާއްޖެއަށް މި ބަލިތައް އައުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބަލިތައް މިހާރު ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެ އެޖެންސީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450