Ads by Farudhun

ޚަބަރު

ޕީއެންސީ ތެރޭގައި ރައީސާ ދެކޮޅަށް އެއްވެސް ކަމެއް ނުހިނގާނެ، ފަލާހު

ޕީއެންސީ ތެރޭގައި ރައީސާ ދެކޮޅަށް އެއްވެސް ކަމެއް ނުހިނގާނެ، ފަލާހު

އިބުރާހިމް ފަލާހު - ފޮޓޯ : މަޖިލިސް

25 މޭ 2026، 10:28

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީއެންސީގެ ސެނެޓުގައާއި ލީޑަޝިޕްގައި ނުހިނގާނެ ކަމަށް ވިދާޅުވެ، "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ އިގުރައިދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.

މި މައްސަލާގައި ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު ސެނެޓަށް ހުށަހެޅުއްވި ކަމެއް ފާސްނުވި ކަމަށް ބުނެ އެ ނޫހުން ފަތުރާފައިވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ބަޔަކު އަޑީގައި ތިބެގެން އެ ނޫހަށް ދިން ބޮޑު "ލަނޑެއް" ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.



"އަދަދު" ނޫހުގެ ޚަބަރުގައި ބުނެފައިވަނީ، ޕާޓީގެ ކޮންގްރެސްގެ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށް ރައީސް އެދިވަޑައިގަތުމުން، ސެނެޓުގެ އަޣުލަބިއްޔަތުން އެކަމާ ދެކޮޅު ހަދައި، ވަކި ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މިކަން ދޮގުކުރައްވަމުން ފަލާހު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ސެނެޓް ބައްދަލުވުމުގައި ވެސް ރައީސް ވަކި ގޮތަކަށް ކަމެއް ނިންމަވަން ހުށަނާޅުއްވާ ކަމަށެވެ. އެމަނިކުފާނު އަބަދުވެސް އިސްކުރައްވަނީ ޕާޓީގެ އަސާސީ ގަވާއިދާއި މަޝްވަރާގެ އުސޫލު ކަމަށާއި، ހުރިހާ ކަމެއްވެސް ހުށަހެޅުއްވީ ސެނެޓުގެ މެންބަރުންނަށް ފެންނަ ގޮތަކަށް ނިންމުމަށް ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

"ރައީސް މުއިއްޒުއަކީ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ވެރިކަން ކުރައްވާ ބޭފުޅެއް. ޕީއެންސީގެ ސެނެޓް މެންބަރުންނަކީ އެމަނިކުފާނަށް ފުރިހަމައަށް އިތުބާރުކުރާ، އެމަނިކުފާނު ދެކެ ލޯބިވާ ބައެއް،" ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ފައިސާ ދީގެން ނޫސްވެރިން ލައްވައި މިފަދަ ބޮޑެތި ދޮގުތައް ހައްދުވަނީ ސަރުކާރާއި ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދުމަށް ކަމަށެވެ. އަދި ޕީއެންސީގެ ސެނެޓުން ރައީސަށް އޮތް ތާއީދު ރިޔާސީ ޕްރައިމަރީން ފެށިގެން ވެސް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450