Ads by Exprox

ޚަބަރު

ފުލުހުންގެ މަސައްކަތްތަކާ ގުޅޭ އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފި

ފުލުހުންގެ މަސައްކަތްތަކާ ގުޅޭ އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފި

ފުލުހުންގެ މަސައްކަތްތަކާ ގުޅޭ އައު އެޕްލިކޭޝަންތައް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފުލުހުން

farudhun logo

ފަރުދުން

03 ސެޕްޓެމްބަރު 2024، 01:04

03 ސެޕްޓެމްބަރު 2024، 01:04

ދިވެހި ފުލުހުންގެ މަދަނީ ޚިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ މަސައްކަތްތައް ފަސޭހަކޮށް ހަލުވިކުރުމަށްޓަކައި އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށް، ކުރިން ބޭނުންކުރަމުން އައި ބައެއް އެޕްލިކޭޝަންތައް އަލުން ފަރުމާކޮށް އިފްތިތާހުކޮށްފިއެވެ.

އިތުރު ފީޗާސް ތަކާއެކު އަލުން ފަރުމާކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލް، ޕީއައިއައި ޓީމްސް އެޕްލިކޭޝަން، ޕާސަން އޮފް އިންޓްރެސްޓް ޕޯޓަލް، ނެއިބަހުޑް ސަޕޯޓް ސިސްޓަމް، ޓެކްނިކަލް އޮޕަރޭޝަން ޕްލެޓްފޯމް، އޮޕްސް މޮބައިލް އެޕް އަދި ފޭސް އެޕް ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މުޅިން އަލަށް ތަޢާރަފްކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޕައިން މައިންޑުގެ ދަށުން އުފައްދާފައިވާ އޮޓޮމެޓިކް ސްޕީޗް ރެކޮގްނިޝަން (އޭ.އެސް.އާރު) އަދި އިންވެސްޓިގޭޝަން މޮޑިއުލްއަށް އިތުރުކުރެވުނު ސުޕަވައިޒަރ ޑޭޝްބޯޑް ހިމެނެއެވެ.

ފުލުހުން ވިދާޅުވީ މި ގެނެވުނު ބަދަލާ އަދި އައު އެޕްލިކޭޝަންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މަޢުލޫމާތު ބެލެހެއްޓުމާއި، ތަޙުގީގުތައް ކުރިއަށްގެންދިއުމާއި، މުޖުތަމައާ ގުޅިގެން ކުރާ މަސައްކަތްތައް ހަލުވިވެ ފަސޭހަވެގެންދާނެ ކަމަށެވެ. މިސާލަކަށް، މީހުން ދެނެގަތުމުގެ މަސައްކަތް އަވަސްވެ ސަލާމަތީ ކަންކަން ހަރުދަނާވެގެންދާނެ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ. 

މި އެޕްލިކޭޝަންތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ވިދާޅުވީ ޒަމާނީ މި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ. އަދި މި އައު ޓެކްނޮލޮޖީތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.

މި އައު އެޕްލިކޭޝަންތަކުގެ ތެރެއިން ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލްއަކީ ފުލުހުންގެ މުވައްޒަފުންނަށް ޓެކްނިކަލް މައްސަލަތައް ރިޕޯޓުކޮށް، ބަލަހައްޓައި އަދި ހައްލުކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެކެވެ. އަދި ނެއިބަހުޑް ސަޕޯޓް ސިސްޓަމަކީ މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ގުޅުންހުރި ހަރަކާތްތައް ހަރުދަނާކުރުމަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަމަށް ފުލުހުން ވިދާޅުވިއެވެ. 

މި އައު އަދި އަޕްޑޭޓްކުރެވުނު އެޕްލިކޭޝަންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މައުލޫމާތު ބަދަލުކުރުމާއި ކޭސްތައް ބެލެހެއްޓުން ފަދަ ކަންކަން ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، މި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.


މި ލިޔުން ކިޔާލުމުން

Ads by Stelco