Ads by Farudhun

ޚަބަރު

މަޚްލޫފްގެ ސަފީރުކަމުގެ ފަތްކޮޅު އެމްޕެރަރއަށް އަރުވައިފި

މަޚްލޫފްގެ ސަފީރުކަމުގެ ފަތްކޮޅު އެމްޕެރަރއަށް އަރުވައިފި

މަޚްލޫފްގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން---

farudhun logo

ފަރުދުން

25 މޭ 2026، 04:51

25 މޭ 2026، 04:51

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރަރ، އެމްޕެރަރ ނަރުހިޓޯއަށް މިއަދު ހެނދުނު އަރުވައިފިއެވެ.

މިކަމަށްޓަކައި ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސަފީރު މަޚްލޫފު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ ދިވެހރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

އަދި މި ރަސްމިއްޔާތުގައި އެމްޕެރަރ ނަރުހީޓޯ ވަނީ، ސަފީރު މަޚްލޫފަށް މަރުޚަބާ ދަންނަވައި ކާމިޔާބަށް އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތާ ގުޅިގެން ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ މަނިކުފާނަށް ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ލަފާފުޅާއެއްގޮތަށް ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތްކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.



މި ރަސްމިއްޔާތުގައި ސަފީރު މަޚްލޫފުގެ އަރިހުގައި ސަފީރުގެ ނާއިބު، އަޙްމަދު ޢާދިލް އަދި ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްޙާ، އާމިނަތު ރަޒިއްޔާ އަދި އަޝްރަފް ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ، 14 ނޮވެމްބަރު 1967 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450