ޚަބަރު
މެޑަމް ސާޖިދާ މުހައްމަދު އެންމެހާ ރައްޔިތުންނަށް އަޟްޙާ އީދުގެ ތަހުނިޔާ ފޮނުއްވައިފި
މެޑަމް ސާޖިދާ - ފޮޓޯ : ރައީސް އޮފީސް
މިއަދު ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟްޙާ އީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އީދުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރައްވައިފިއެވެ.
މެޑަމް ސާޖިދާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އުފާވެރި އީދު ދުވަހަކީ އެންމެހާ ރައްޔިތުންގެ މެދުގައި ލޯތްބާއި ކުލުނުން ފުރިގެންވާ ދުވަހެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.
އަޟްޙާ އީދުގެ ބަރަކާތްތެރި މުނާސަބަތު ފެށިގެން ދިޔައީ މިއަދު ހެނދުނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު އީދު ނަމާދުގެ ބޮޑު ޖަމާއަތުންނެވެ. މާލެ ސަރަހައްދުގައި މިއަދު ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފައެވެ.
މި އީދު ފާހަގަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކުލަގަދަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ވަރަށް ގިނަ ރަށްރަށުގައި އީދުގެ އުފަލުގައި ސަގާފީ ކުޅިވަރުތަކާއި، އެކި ބާވަތްތަކުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއަހަރުގެ އަޟްޙާ އީދު ރާއްޖޭގައި ފާހަގަކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އީދު ފާހަގަކުރުމަށްޓަކައި ރަށްރަށުގައި އީދުގެ ފޯރި ގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ސައްލި
27/05/2026 10:53
މާކުރީގެ ފޮޓޯލަނީ އޮޅުވާލަންތަ