Ads by Farudhun

ޚަބަރު

ކޮމަންވެލްތާއެކު އޮންނަ ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ދެއްވައިފި

ކޮމަންވެލްތާއެކު އޮންނަ ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ދެއްވައިފި

ފޮރިން މިނސްޓަރު އިރުތިޝާމް އާދަމް - ފޮޓޯ : އިރުތިޝާމް އެކްސް

30 މޭ 2026، 11:33

ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.

ޚާރިޖީ ވަޒީރު މި ޔަޤީންކަން ދެއްވީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު، މާލްބަރާ ހައުސްގައި އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ އެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު އިރުތިޝާމް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ކޮމަންވެލްތާއެކު ކުރިއަށް އޮތް ތަނުގައިވެސް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްޞަކޮށް، ދެ ފަރާތުން އެއްބަސްވާ މުހިންމު ކަންކަމުގައާއި، ގައުމުގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.



މި ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ކޮމަންވެލްތުގެ ތެރޭގައި އަދާކުރާ މުހިންމު ދައުރަށް ތައުރީފު ކުރެއްވިއެވެ. އަދި ޚާރިޖީ ވަޒީރު މާލްބަރާ ހައުސްއަށް ކުރެއްވި މި ޒިޔާރަތަކީ ރާއްޖެއާއި ކޮމަންވެލްތުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ލިބުނު ބޮޑު ބާރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި ބައްދަލުވުމަކީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ކޮމަންވެލްތުގެ 56 މެންބަރު ޤައުމާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. ރާއްޖެއިން ދަނީ ކޮމަންވެލްތުގެ ތެރެއިން ތަޢުލީމީ، ތިމާވެށީގެ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450