Ads by Farudhun

ޚަބަރު

ސްރީލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތް ހަމަޖައްސަނީ

ސްރީލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދައިގެ ޚިދުމަތް ހަމަޖައްސަނީ

ސްރީލަންކާ އާސިރީ ހޮސްޕިޓަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2026، 09:49

01 ޖޫން 2026، 09:49

ދިވެހީން އާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ އަވައްޓެރި ސްރީލަންކާގެ އިތުރު ހޮސްޕިޓަލްތަކަކުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ބާރުސްޕީޑުގައި ފަށްޓަވައިފިއެވެ.

ދިވެހިރާއްޖެއަކީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ދައުލަތުގެ ޚަރަދުގައި އެ ޚިދުމަތް ފޯރުކޮށްދޭ ދުނިޔޭގެ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިގޮތުން ރާއްޖެއިން ލިބެން ނުހުންނަ ފަރުވާތައް ހޯދުމަށް ދިވެހީން އެންމެ ގިނައިން ދަތުރުކުރާ އެއް ޤައުމަކީ ސްރީލަންކާއެވެ.

އާސަންދަ ކުންފުނިން މަޢުލޫމާތު ދެއްވާގޮތުގައި، މިވަގުތު ލަންކާގެ 7 ހޮސްޕިޓަލަކުން އަންނަނީ އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި ހިމެނެނީ:

  • ކިންގްސް ހޮސްޕިޓަލް ކޮލަމްބޯ
  • އަސިރީ ހޮސްޕިޓަލް
  • އަސިރީ ސަރޖިކަލް
  • އަސިރީ ސެންޓްރަލް ހޮސްޕިޓަލް
  • ނަވްލޮކާ ކޮލަމްބޯ
  • ނަވްލޮކާ ނިގަމްބޯ
  • ދޫރްދާންސް ހޮސްޕިޓަލް

ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިހާރުވެސް 15 ހޮސްޕިޓަލަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން 6 ހޮސްޕިޓަލަކާއެކު ޚިދުމަތް ފެށުމުގެ އިދާރީ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މި އައު ހޮސްޕިޓަލްތަކުން ޚިދުމަތް ލިބެން ފެށުމުން، ބޭސްފަރުވާއަށް ލަންކާއަށްދާ ދިވެހީންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

އާސަންދައަކީ ކޮންމެ ދިވެހި ރައްޔިތަކަށް ބޭސްފަރުވާގެ ކަށަވަރުކަން ދިނުމަށް ޤާއިމުކޮށްފައިވާ ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. މި ނިޒާމުގެ ދަށުން އަހަރަކު ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރެއެވެ.

އާސަންދައިގެ ޚަރަދުތައް ކުޑަކޮށް، ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން، އާސަންދައިގެ ޚަރަދުގެ ބޮޑުބައެއް ހޭދަވަނީ ބޭސް ގަތުމަށް ކަމަށްވާތީ، ދައުލަތުގެ ބޭސް ކުންފުނި މެދުވެރިކޮށް 'ބަލްކް ޕްރޮކިއުމަންޓް' އުސޫލުން އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450