Ads by Exprox

ޚަބަރު

ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް- ރައީސް

ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް- ރައީސް

ރައީސުލްޖުމްހޫރިއްޔާ، ގެދޮރުވެރިކަމާ ބެހޭ ޔޫނިއަންތަކާއި ބައްދަލުކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

03 ސެޕްޓެމްބަރު 2024، 01:08

03 ސެޕްޓެމްބަރު 2024، 01:08

ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާލެ ސަރަޙައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތަކާ ބައްދަލުކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެއްގައެވެ. 

މާލެ ސަރަޙައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތައް ކަމައްވާ، ފަހި ޔޫނިއަން،ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަން، ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ، އަދި މާލެ ރަށްވެހިންގެ ޖަމުޢިއްޔާގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. 

މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. އެ ގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކިކަންކަމާއި ގުޅިގެން އަދި ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދެއްވުމާއި، ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމާއި، އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭގޮތަށް މިކަންކަން ހައްލުކޮށްދެއްވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައެވެ. އެގޮތުން ގެޒެޓްގައި ނަން ޢާންމުކޮށްފައިވާ ކޮންމެ ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދާ އެއްގޮތަށް، ޤަވާޢިދާ ޚިލާފުނުވާ ކަމުގައި ވާނަމަ ގޯތި ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫޢުތަކުގެ އަދާހަމަ ތަފްސީލުތައް މެންބަރުންނާއި ހިއްސާ ކުރައްވައި، އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco