Ads by Farudhun

ޚަބަރު

ފެރިދޫ ޕޮލިސް ސްޓޭޝަން ހުޅުވައިފި

ފެރިދޫ ޕޮލިސް ސްޓޭޝަން ހުޅުވައިފި

އއ.ފެރިދޫ ޕޮލޮސް ސްޓޭޝަން ހުޅުވުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2026، 11:48

03 ޖޫން 2026، 11:48

އއ. ފެރިދޫގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

 މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު  ޢަލީ އިޙްސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ފެރިދޫ ކައުންސިލް މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 2.04 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ޕޮލިސް ސްޓޭޝަންގެ ކޮންކްރީޓް މަސައްކަތާއި، ސީލިންގް ހަރުކުރުމާއި، ފެން ވަޔަރިން އަދި ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، ކަރަންޓު ވަޔަރިން، ދަވާދު ލުން، ސެނިޓަރީ މަސައްކަތްތައް، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ އިތުރުން ވަށައި ފާރު ރޭނުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

850 މީހުންގެ އާބާދީއެއް އޮންނަ ފެރިދޫއަކީ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ރަށަކަށް ވުމާއެކު، މި ޕޮލިސް ސްޓޭޝަނަކީ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްޓީސީސީން ދެކެއެވެ. މި ވަސީލަތުގެ ސަބަބުން ރަށަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450