ދުނިޔެ

އީރާނުން ކުވައިތުގެ އެއާޕޯޓަށް ހަމަލާދީފި؛ ފްލައިޓްތައް ވަނީ މެދުކަނޑާލާފައި

އީރާނުން ކުވައިތުގެ އެއާޕޯޓަށް ހަމަލާދީފި؛ ފްލައިޓްތައް ވަނީ މެދުކަނޑާލާފައި

އިރާނުން ކުވެއިތުގެ އެއާޕޯޓަށް ދިން ހަމަލާ- ފޮޓޯ : އަލޖަޒީރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

03 ޖޫން 2026، 11:48

03 ޖޫން 2026، 11:48

އީރާނުން ކުވައިތުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާ ގުޅިގެން ކުވައިތުގެ އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ކުވައިތުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، އީރާނުން ދިން މި ހަމަލާތައް ދީފައިވަނީ ޑްރޯން އަދި މިސައިލް ބޭނުންކޮށްގެންނެވެ. މި ހަމަލާތައް ސީދާ އަމާޒުވެފައިވަނީ ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 (T1) އިމާރާތަށެވެ. މި ހާދިސާގައި އެއާޕޯޓުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އަސްކަރިއްޔާއިން ކަށަވަރުކޮށްދެއެވެ.

ކުވައިތުގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަލާމަތީ ސަބަބުތަކަށްޓަކައި އެއާޕޯޓަށް ފުރާ އަދި އަންނަ ހުރިހާ ފްލައިޓްތަކެއް މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކުވައިތަށް އައުމަށް ހަމަޖެހިފައިވާ ފްލައިޓްތައް އެހެން ގައުމުތަކުގެ އެއާޕޯޓްތަކަށް ޑައިވާޓް ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ކުވައިތުގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއާޕޯޓުގެ ހިދުމަތްތައް އަލުން ފަށާނީ ހާލަތު ދިރާސާކުރުމަށްފަހު، ރައްކާތެރިކަން ކަށަވަރުވުމުންނެވެ. އީރާނުން މިފަދަ ހަމަލާއެއް ދީފައި މިވަނީ ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

މި ހަމަލާއާ ގުޅިގެން ކުވައިތުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މެދުއިރުމަތީގެ ހާލަތު ގޯސްވެފައިވަނީ އިރާނަށް އިސްރާއީލާއި، އެމެރިކާއިން ގުޅިގެން ދިން ހަމަލާތަކާއި ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450