Ads by Farudhun

ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމަށް ފަނޑިޔާރު ޙުސެއިން ޝަހީދު އިންތިޚާބުކޮށްފި

ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމަށް ފަނޑިޔާރު ޙުސެއިން ޝަހީދު އިންތިޚާބުކޮށްފި

ފަނޑިޔާރު ޙުސެއިން ޝަހީދު---

farudhun logo

ފަރުދުން

03 ޖޫން 2026، 07:31

03 ޖޫން 2026، 07:31

ޖޫޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަޤާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކޮށްފިއެވެ. 

ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމު ހުސްވެފައި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ޔަޒްމީދު މުޙައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

ޖީއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށެވެ. އަދި އެ ކޮމެޓީގެ ރައީސްއަކީ އަލްއުސްތާޛު އަލްއުސްތާޛު ޙުސްނީ މުބާރިކްއެވެ.

އަލްއުސްތާޛު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. 

އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. ހަމައެއާއެކު އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450