Ads by Farudhun

ޚަބަރު

އައިޖީއެމްއެޗްގެ 10 ވަނަ ބެޗުގެ މެޑިކަލް އިންޓާނުން އިންޓަންޝިޕް ފުރިހަމަކޮށްފި

އައިޖީއެމްއެޗްގެ 10 ވަނަ ބެޗުގެ މެޑިކަލް އިންޓާނުން އިންޓަންޝިޕް ފުރިހަމަކޮށްފި

އައިޖީއެމްއެޗްގެ 10 ވަނަ ބެޗުގެ 23 މެޑިކަލް އިންޓާނުން އިންޓާންޝިޕް ފުރިހަމަ ކުރުން. ފޮޓޯ: އައިޖީއެމްޗެ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2026، 10:57

04 ޖޫން 2026، 10:57

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މެޑިކަލް އިންޓަންޝިޕް ފުރިހަމަކުރި 10 ވަނަ ބެޗުގެ ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ. މި ބެޗުގައި ޖުމްލަ 23 މެޑިކަލް އިންޓާނުން ވަނީ އެމީހުންގެ ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

އައިޖީއެމްއެޗް އިން  އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި އިންޓަންޝިޕް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް އެ ހޮސްޕިޓަލުން ވަނީ މަރުހަބާ ކިޔާފައެވެ.

އެ ހޮސްޕިޓަލުން ފާހަގަކުރި ގޮތުގައި، މި ދަރިވަރުން ވަނީ އިންޓަންޝިޕްގެ މުއްދަތުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގައާއި، މަސައްކަތަށް ބެހެއްޓި ޝައުގުވެރިކަމާއި، ކުރި ބުރަ މަސައްކަތުން ނަމޫނާ ދައްކާފައެވެ. މިއީ އެ ކުދިންގެ މެޑިކަލް ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ހޮސްޕިޓަލުން ސިފަކުރެއެވެ.

ދަސްވެނިވި ދަރިވަރުންނަށް މުސްތަގުބަލުގައި ކާމިޔާބީއަށް އެދެމުން އައިޖީއެމްއެޗް އިން ބުނީ، "ތިޔަ ކުދިންގެ މެޑިކަލް ކެރިއަރުގެ އާ ބާބެއް ފަށާއިރު، ހުރިހާ ކުދިންނަށްވެސް ކާމިޔާބީއަށް އެދެން. އުންމީދަކީ ބަލިމީހުންނަށް ފަރުވާދިނުމުގައާއި، މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި ތިޔަ ކުދިން ދެމިތިބުން،" ކަމަށެވެ.

މެޑިކަލް އިންޓަންޝިޕަކީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން، އަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ މުހިންމު އެއް ތަމްރީނެވެ. އައިޖީއެމްއެޗް އަކީ ރާއްޖޭގައި މިފަދަ ތަމްރީނުތައް ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ މައި ހޮސްޕިޓަލެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450