Ads by Farudhun

ޚަބަރު

މި އަހަރުގެ މިހާތަނަށް 21 ރަށަކަށް އައު ޖެންސެޓް ފޮނުވައިފި: ފެނަކަ

މި އަހަރުގެ މިހާތަނަށް 21 ރަށަކަށް އައު ޖެންސެޓް ފޮނުވައިފި: ފެނަކަ

ނ.ހެނބަދުއަށް ފޮނުވި 400 ކިލޯވޯޓުގެ ޖެންސެޓް. ފޮޓޯ: ފެނަކަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2026، 11:31

04 ޖޫން 2026، 11:31

ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި އަހަރުގެ މިހާތަނަށް ރާއްޖޭގެ 21 ރަށަކަށް މުޅިން އައު ޖެންސެޓްތައް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން ބުނި ގޮތުގައި މި ގެންދެވުނު ޖެންސެޓްތަކުގެ ސަބަބުން ރަށްރަށަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެ، ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މީގެ އިތުރުން، އިތުރު 24 ޖެންސެޓެއް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ ތަކެތި މާލެ ގެނެވުނުހާ އަވަހަކަށް ބޭނުންޖެހިފައިވާ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޖެންސެޓް ފޮނުވުނު ރަށްތަކާއި ކެޕޭސިޓީ
މިހާތަނަށް ޖެންސެޓް ފޮނުވާފައިވާ ރަށްތަކުގެ ތެރޭގައި 250 ކިލޯވޮޓްގެ ޖެންސެޓް ފޮނުވި 9 ރަށަކާއި 400 ކިލޯވޮޓްގެ ޖެންސެޓް ފޮނުވި 12 ރަށެއް ހިމެނެއެވެ. 250 ކިލޯވޮޓްގެ ޖެންސެޓް ފޮނުވާފައިވަނީ ށ. ނަރުދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. ކިނޮޅަސް، ރ. ފައިނު، ދ. ރިނބުދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި އަދި ތ. ކަނޑޫދޫއަށެވެ.

400 ކިލޯވޮޓްގެ ޖެންސެޓް ފޮނުވާފައިވާ ރަށްތަކަކީ ހއ. އުލިގަން، ހދ. ނާވައިދޫ، ށ. ފޭދޫ، ށ. ޅައިމަގު، ށ. ފީވަށް، ށ. ގޮއިދޫ، ނ. ލަންދޫ، ނ. ކުޑަފަރި، ނ. ހެންބަދޫ، ރ. ރަސްގެތީމު، ރ. އިންނަމާދޫ އަދި ފ. މަގޫދޫއެވެ.

މި ބަދަލުތަކާއެކު ގިނަ ރަށްތަކެއްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ފ. މަގޫދޫގައި ކުރިން ހުރި 400 ކިލޯވޮޓްގެ އެންމެ ޖެންސެޓެއްގެ ބަދަލުގައި މިހާރު ދެ ޖެންސެޓާއެކު ކެޕޭސިޓީ ވަނީ ދެގުނަ ކުރެވިފައެވެ. އަދި ރ. ރަސްގެތީމާއި ރ. އިންނަމާދޫ ފަދަ ރަށްރަށުގައި ޖެންސެޓްގެ އަދަދު ވަނީ ހަތަރަކަށް އިތުރުކުރެވިފައެވެ.

ފެނަކައިގެ އަމާޒަކީ ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ރައްޔިތުންނަށް އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ޔަގީންކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450