Ads by Farudhun

ޚަބަރު

ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އޮތް އުންމީދު އާވެއްޖެ: ހީނާ

ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އޮތް އުންމީދު އާވެއްޖެ: ހީނާ

މިނިސްޓަރު ހީނާ ވަލީދު - ފޮޓޯ : ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ޖޫން 2026، 02:06

04 ޖޫން 2026، 02:06

ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަރުދަނާވެ، ޤައުމުގެ މާލީ ކުރިމަގާމެދު އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ އުންމީދީ ނިޝާންތައް ފެންނަން ފަށާފައިވާކަމަށް އާޓްސް، ކަލްޗަރ، އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މި ކުރިއެރުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވައި، ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް މިހާރު އަންނަމުންދާ ހެޔޮ ބަދަލުތަކަކީ ޤައުމުގެ އިޤްތިޞާދާއި ކުރިމަގާމެދު އޮތް އިތުބާރު ވަރުގަދަވަމުންދާކަމުގެ ރަމްޒެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ ލީޑަރޝިޕާއި އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.

ހީނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މި ކާމިޔާބީން ދޭހަވަނީ އިޤްތިޞާދީ ހަމަޖެހުމާއި، މާލީ ޒިންމާދާރުކަން އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ސަރުކާރުން ބަހައްޓާ ސާބިތުކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު އާރާސްތުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ދައުލަތުގެ މާލީ ނިޒާމަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.



މި މަސައްކަތްތަކުގައި ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތައް ގިނަ ފަރާތްތަކަކުން އަންނަނީ ބަލައިގަންނަމުންނެވެ. ޚާއްޞަކޮށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ލިބެމުންދިއުމަކީ އިޤްތިޞާދީ ގޮތުން ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ހީނާ މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ދާއިރާއިން އުންމީދީ ނަތީޖާތަކެއް ފެންނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް "ފިޗް"އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ "ސީސީސީ" އިން "ސީސީ" ގްރޭޑިންގ އަށް ވަނީ ބަދަލުކޮށްފައެވެ.

 މިކަން ހާމަކޮށް، "ފިޗް"އިން ނެރުނު މައުލޫމާތުގައި ފާހަގަކޮށްފައިވާ ގޮތުން މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ.

 އެރިޕޯޓްގައި ރާއްޖޭގެ ބޭރުގެ ދަރަނި ހުރި މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ އެ އަދަދު 1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ފާހާގަކޮށްފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450