Ads by Farudhun

ޚަބަރު

ޒަކާތު ސްކޮލަރޝިޕްގެ ދަށުން އެހެން ދާއިރާތަކުން ކިޔަވަން ވެސް ހުށަހެޅޭ

ޒަކާތު ސްކޮލަރޝިޕްގެ ދަށުން އެހެން ދާއިރާތަކުން ކިޔަވަން ވެސް ހުށަހެޅޭ

ޒަކާތު ސްކޮލަރޝިޕަށް ހުޅުވާލުން---

farudhun logo

ފަރުދުން

04 ޖޫން 2026، 02:17

04 ޖޫން 2026، 02:17

މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުސަތުތަކުގެ ދަށުން ކަނޑައެޅިފައިވާ އިސްލާމީ ދާއިރާތައް ނޫން އެހެން ދާއިރާތަކުން ކިޔެވުމަށް ވެސް ހުށަހެޅޭނެކަމަށް ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން މާސްޓާސް ޑިގްރީ އަދި ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ސްކޮލަރޝިޕް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓެވެ.

ނަމަވެސް މި ދާއިރާތަކުގެ އިތުރުން އެ ފަރާތެއް ކިޔެވުމަށް އެދޭ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭނަމަ، މި ސްކޮލަރޝިޕް ފުރުސަތަށް ހުށަހެޅޭނެ ކަމަށް ޒަކާތު ހައުސްއިން ހާމަކުރެއެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހެޅުމަށް 17 މޭ 2026ގައި ހުޅުވާލާފައިވާއިރު، މި ސްކޮލަރޝިޕްގެ ދަށުން 30 ފަރާތަކަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ވަނީ ޚާއްޞަކުރެވިފައެވެ.

މި ސްކޮލަރޝިޕް ފުރުޞަތުގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް ވެސް ވަނީ ހުޅުވާލާފައެވެ. 

މި ފުރުސަތުތަކަށް އެދި ހުށަހެޅާނެ ގޮތުގެ މަޢުލޫމާތާއި މިކަމަށް ބޭނުންވާ ލިޔެކިޔުންތައް ޒަކާތު ހައުސްގެ ވެބްސައްޓުން ލިބެން ހުންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450