Ads by Farudhun

ޚަބަރު

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ވަޒީރު އިރްތިޝާމްއާ ބައްދަލުކުރައްވައިފި

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ވަޒީރު އިރްތިޝާމްއާ ބައްދަލުކުރައްވައިފި

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ވަޒީރު އިރްތިޝާމްއާ ބައްދަލުކުރެއްވުން. ފޮޓޯ: ޚާރިޖީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2026، 06:47

04 ޖޫން 2026، 06:47

ޚާރިޖީ ވަޒީރު އިރްތިޝާމް އާދަމްގެ އަރިހަށް، އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭ.އެމް.އެފް.އޭ) ގެ ރައީސް އަދި ކޯ-ފައުންޑަރ ޑރ. އިބްރާހީމް ހަސަން މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އެ ޖަމްޢިއްޔާއިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ޑރ. އިބްރާހީމް ހަސަން ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ.


މީގެ އިތުރުން، މި ބައްދަލުވުމުގައި ދެފަރާތުގެ ދެމެދުގައި މިހާރު އޮތް ގުޅުމާއި، ކުރިމަގުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450