Ads by Farudhun

ޚަބަރު

ބާރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ޤާއިމްކުރުމަށް ބަޖެޓް ހަމަޖައްސައިފި

ބާރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ޤާއިމްކުރުމަށް ބަޖެޓް ހަމަޖައްސައިފި

ބާރަށުގައި ގުރުއާނާ ބެހޭ މަރުކަޒު އެޅުން - ފޮޓޯ : އެމްޕީ ޝުޖާއު ފޭސްބުކް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ޖޫން 2026، 10:38

04 ޖޫން 2026، 10:38

މުޅި ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ހއ. ބާރަށުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ބަޖެޓް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން މިއަދު ހަމަޖައްސަވައިދެއްވައިފިކަމަށް ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކީރިތި ޤުރުއާނުގެ ޢިލްމު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދެއްވުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. ބާރަށުގައި މި ސެންޓަރު ޤާއިމްކުރުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ އެ ރަށު ކައުންސިލާ ޙަވާލުކުރެވިފައެވެ.



މިކަމާ ގުޅިގެން ބާރަށު ކައުންސިލުން ވަނީ، ރާއްޖޭގައި ދީނީ ޢިލްމާއި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް ޝުކުރު ދަންނަވާފައެވެ. އަދި މި އިންތިޒާމް ހަމަޖައްސަވައިދެއްވުމުގައި އިސްލާމިކް މިނިސްޓްރީން ދެއްވި އަވަސް އެއްބާރުލުމަށްޓަކައި އެ މިނިސްޓްރީއަށްވެސް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ބާރަށުގައި މިފަދަ މަރުކަޒެއް ޤާއިމްކުރެވިގެން ދިއުމަކީ އެ ރަށުގެ ކުދި ބޮޑު އެންމެހައި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުޞަތެކެވެ. މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ބާރަށު ކައުންސިލްގެ 5 ވަނަ ދައުރުގެ ރައީސާއި ކައުންސިލް މެންބަރުން ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ހިތްވަރުގަދަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފައެވެ.

މި ސެންޓަރުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމުން، މާތް اللهގެ ތަނަވަސް ރަޙްމަތާއެކު ލަސްތަކެއްނުވެ ބާރަށުގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނުމުގެ ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450