Ads by Farudhun

ޚަބަރު

ދިޔަމިގިލީ ސްކޫލް އިމާރާތް ކުރުމުގައި ސިފައިން ކުރަމުންދާ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި

ދިޔަމިގިލީ ސްކޫލް އިމާރާތް ކުރުމުގައި ސިފައިން ކުރަމުންދާ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި

ދިޔަމިގިލީ ސްކޫލް އިމާރާތް ކުރުމުގައި ސިފައިން ކުރަމުންދާ މަސައްކަތް ވަޒީރު ބައްލަވާލެއްވުން / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

05 ޖޫން 2026، 12:09

05 ޖޫން 2026، 12:09

ތ. ދިޔަމިގިލީ ސްކޫލް އިމާރާތް ކުރުމުގައި ސިފައިން ކުރަމުންދާ މަސައްކަތް، ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު ބައްލަވާލައްވައިފިއެވެ. 

ވަޒީރު ދިޔަމިގިއްޔަށް ކުރެއްވި މި ޒިޔާރަތުގައި ވަނީ، ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސިފައިންނާ ބައްދަލުކުރައްވައި، މަސައްކަތުގެ އަދާހަމަ މަޢުލޫމަތު އޮޅުންފިލުއްވާފައެވެ.

ދިޔަމިގިލީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިން ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތަކީ 90 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

މި މަސައްކަތާއި ގުޅިގެން އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، ތ.ދިޔަމިގިލީ ކައުންސިލާއި، ރައްޔިތުންގެ ފަރާތުން މަސައްކަތުގެ ޝެޑިއުލާ އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް އަންނަނީ ލިބެމުންނެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މި އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މާރިޗު މަހުގެ 31ވަނަ ދުވަހުއެވެ. އަދި ސިފައިން މި މަސައްކަތާ ހަވާލުވިއިރު އިމާރާތުގައި ނިމިފައި ހުރީ 30 އިންސައްތަ މަސައްކަތެވެ.

މި މަސައްކަތަކީ އެންމެ ފުރަތަމަ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މަސައްކަތެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައި ވަނީ 13 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. ނަމަވެސް މި މަސައްކަތް ޝެޑިއުލާ އެއްގޮތަށް އެ ކުންފުނިން ކުރިޔަށް ގޮސްފައެއް ނުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450