Ads by Farudhun

ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ހިތަދޫ އުތުރު ދާއިރާގެ ވޯޓް ލުން - ފޮޓޯ : ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ޖޫން 2026، 09:31

06 ޖޫން 2026، 09:31

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދު  ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,121 މީހަކަށް ލިބިގެންވެއެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ހިތަދޫގައި 5 ވޯޓު ފޮށި އަދި މާލޭގައި 2 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސޯބެއަށް ޓިކެޓު ލިބިވަޑައިގަތީ އިތުރު ބޭފުޅަކު ކުރިމަތިނުލެއްވުމުންނެވެ. ޕީއެންސީގެ ޓިކެޓު ސޮޑާއަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން ޓިކެޓު ދޫކޮށްލުމާ ގުޅިގެންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލުމުންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ.

މި އިންތިޚާބުގެ ވޯޓުލުން އަމާންކަމާއެކު ފެށިގެން ކުރިއަށްދާއިރު، ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ވޯޓުލުމަށް ޒިޔާރަތްކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450