ޚަބަރު
ލޯނު މެނޭޖުކުރަން ނޭނގުނު ބަޔަކު އަނގަތެޅީމާ ލިބޭނީ ރައްޔިތުންގެ މަލާމާތް - ޝުޖާއު
ބާރަށު އެމްޕީ ޝުޖާއު - ފޮޓޯ : އެމްވީ
ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރު ފޭލްވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ބޮޑެތި ލޯނުތައް ނެގިއިރު، އެ ފައިސާ މެނޭޖުކުރަން އެނގިފައި ނުވާ ކަމަށެވެ. އަދި ލޯނު ނަގައިގެން އެއިން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެ ގޮތަށް ފައިސާ އިސްރާފުކޮށްލި ބަޔަކު، މިއަދު ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ފާޑުކިޔައި އަނގަތެޅުމުން ލިބޭނީ ރައްޔިތުންގެ މަލާމާތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އިޤްތިޞާދަށް އުނދަގޫ މިފަދަ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އެ ދަރަނިތައް ދައްކަވައި، ގައުމު ހަމަ މަގަށް އަޅުއްވަމުންނެވެ. ނަމަވެސް، ކުރީގެ ސަރުކާރުގެ އިސްވެރިންނާއި، ރައީސް މުޢިއްޒު ދަރަނި ދެއްކެވި ގޮތް އެނގިވަޑައިގެން ހުންނަވައި ރައީސް ޔާމީންވެސް ހަގީގަތް އޮޅުވާލައްވަން މަސައްކަތް ކުރައްވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ލޯނު މެނޭޖުކުރަން ނޭނގި ގައުމު ދަރަނިވެރިކުރުވި ފަރާތްތަކުން މިއަދު ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ.
އާދެ ހަވާއަރުވަން ފެނޭ.ހެންވޭރު ރާޅުގަނޑާ ދިމާލުން ރަގަޅުކަމަށް ފެންނަނީ!
— Ibrahim Shujau (@IbrahimShujaau) June 6, 2026
މިވަގުތު އަޅުގަނޑު މެންމެ ހައިރާން ވަނީ ރާއްޖޭގެ ދަރަންޏާ ގުޅޭގޮތުން ބޮޑެތި ލޯނުތައް ނަގައި އޭގެން ރަޔިތުންނަށް އެއްވެސް މަންފާއެއްނެތް ގޮތައް އެފައިސާ ތަޅާބުރުވާލި MDP ސަރުކާރުގެ ވެރިން @ibusolih @faya_i… https://t.co/9OwIn0gnVD
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ދަރަނި ދައްކަވައި، ރާއްޖޭގެ އިޤްތިޞާދީ އިތުބާރު ވަނީ ބޮޑު ކުރައްވާފައެވެ.
މި ބޮޑު ކާމިޔާބީއާ ގުޅިގެން ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ، ފިޗުން މިވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގްވެސް މަތިކޮށްފައެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމާއި، ދަރަނި މެނޭޖުކުރުމުގައި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ކުރާ އިތުބާރު ހާމަވާ ކަމެކެވެ.
ާހމެދ ޜަސހެެދ
06/06/2026 11:35
ރައްޔިޔުން ކައި ހުސްކުރި ބާރަށު ކަލޭގެ.