Ads by Farudhun

ޚަބަރު

ކުރީގެ އިޤްތިޞާދީ ވަޒީރު ހައްދަވަނީ "ބުހުތާނު ދޮގު" - އިއްބެ ޖަނާބު

ކުރީގެ އިޤްތިޞާދީ ވަޒީރު ހައްދަވަނީ "ބުހުތާނު ދޮގު" - އިއްބެ ޖަނާބު

އިއްބެ ޖަނާބު - ފޮޓޯ : އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ޖޫން 2026، 11:33

06 ޖޫން 2026، 11:33

އެމްޑީޕީގެ ކުރީގެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލަކީ ސީދާ "ސަފީހެއް" ކަމަށް ސިފަކުރައްވައި، މައްޗަށްގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު) ވަރުގަދަ ފާޑުކިޔުމެއް އަމާޒުކުރައްވައިފިއެވެ.

މެންބަރު ޖަނާބު މިހެން ވިދާޅުވީ މީސް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.  ވީޑިއޯއަކަށް އިޝާރާތް ކުރައްވައި ޖަނާބު ވިދާޅުވީ، އެ ވީޑިއޯއިން ފެނިގެންދަނީ ކުރީގެ ވަޒީރު ވަރަށް "އިޚްލާސްތެރިކަމާއެކު" ބުހުތާނު ދޮގު ހައްދަވާ މަންޒަރު ކަމަށެވެ.



ދައުލަތުގެ ދަރަނީގެ މައްސަލައިގައި ކުރީގެ ވަޒީރު ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޖަނާބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަރަނިތައް ދައްކާ ހަލާސްކޮށް ނިންމަމުންދާކަން މިހާރު އެމްޑީޕީގެ އާންމު މެންބަރުންނަށްވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ހަގީގަތް މިހެން އޮތްއިރު، އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ގިނަ ބޭފުޅުން ވިދާޅުވަމުންދަނީ ގައުމުގައި މިވަގުތު ހަރުދަނާ އިދިކޮޅު ސިޔާސީ ހަރަކާތެއް ނެތް ކަމަށެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބަދަލުގައި، އިދިކޮޅު އިސް ބޭފުޅުންގެ ފަރާތުން ފެންނަނީ ހަމައެކަނި ދޮގު މައުލޫމާތު ފެތުރުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސަރުކާރުން ގައުމުގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ގިނަ ގޮންޖެހުންތަކަކާއެކުވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުގެ މަޖިލިސް މެންބަރުން ދަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ދަރަނި ދައްކަވައި، ރާއްޖޭގެ އިޤްތިޞާދީ އިތުބާރު ވަނީ ބޮޑު ކުރައްވާފައެވެ.

މި ބޮޑު ކާމިޔާބީއާ ގުޅިގެން ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ، ފިޗުން މިވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގްވެސް މަތިކޮށްފައެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމާއި، ދަރަނި މެނޭޖުކުރުމުގައި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ކުރާ އިތުބާރު ހާމަވާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450