Ads by Farudhun

ޚަބަރު

އައްޑޫ ފޮށިތަކުން ޕީއެންސީ ކުރިހޯދުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް: މަޖިލީހުގެ ރައީސް

އައްޑޫ ފޮށިތަކުން ޕީއެންސީ ކުރިހޯދުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް: މަޖިލީހުގެ ރައީސް

މަޖިލިސ ރައީސް އަބުދުއްރަހީމް އަބދުﷲ - ފޮޓޯ : ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ޖޫން 2026، 11:23

06 ޖޫން 2026، 11:23

މިއަދު ބޭއްވުނު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި، އައްޑޫގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވުނު އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވީ އަޙްމަދު ސަޢީދެވެ.

ޢަބްދުއްރަޙީމްގެ ޕޯސްޓުގައި، އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓަށް ވޯޓު ދެއްވި ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ކެނޑިޑޭޓް އަޙްމަދު ސަޢީދު ކުރެއްވި ބުރަ މަސައްކަތަށާއި ދެއްކެވި ހިތްވަރަށް ސާބަސް ދެއްވަމުން، ކެމްޕެއިން ޓީމުން ކުރި މަސައްކަތަށް ނުހަނު ބޮޑަށް ތަޢުރީފު ކުރެއްވިއެވެ.

މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުގެ ނުފޫޒު ގަދަ އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ސަރުކާރު ކެނޑިޑޭޓަށް ކުރި ލިބުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރު ހާމަވާ ކަމެކެވެ.

"އިންޝާ الله، މިއަދުގެ ނަތީޖާއިން ހިތްވަރު ލިބިގެން 2028 ވަނަ އަހަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި އިންތިޚާބަކީ އައްޑޫ ސިޓީގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށްޓަކައި ސިޔާސީ ދާއިރާގެ ގިނަ ބަޔަކު ފާރަވެރިވަމުންދިޔަ އިންތިޚާބެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއެކު، އައްޑޫ ސިޓީގައި ޕީއެންސީގެ ތާއީދު އިތުރުވަމުންދާކަން މި ނަތީޖާއިން ހާމަވާ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450