Ads by Farudhun

ޚަބަރު

މިފްކޯއިން މަސްގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން މަސްގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯ ބޯޓް - ފޮޓޯ : އެމްވީ ޕްލަސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ޖޫން 2026، 03:11

07 ޖޫން 2026، 03:11

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) އިން މަސްގަންނަ އަގު މިއަދު ބޮޑުކޮށްފިއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނާނީ ކިލޯއެއް 18.50 ރުފިޔާގެ މަގުންނެވެ. މިއީ މީގެ ކުރިން މަސް ގަންނަމުންދިޔަ އަގަށްވުރެ ރަނގަޅު އަދަދެކެވެ. މަސްގަންނަ އަގަށް ގެނައި މި ބަދަލާއެކު، މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން މިއަގުގައި މަސްގަންނަމުންދާނެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް މަސްވެރިކަން ނިސްބަތުން ދަށް ދުވަސްވަރެއް ކަމަށް ގިނަ މަސްވެރިން ދަނީ ބުނަމުންނެވެ. މަސްގަންނަ އަގު ބިނާވަނީ ބައިނަލްއަޤުވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ކަމަށްމީގެ ކުރިން ސަރުރާރުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސްގަންނަ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ މިންވަރަކަށް ބޮޑުކުރުމެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ރާވަމުންނެވެ. އޭގެ ތެރޭގައި މަސް ފެކްޓްރީތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، ވެލިއު އެޑަޑް އުފެއްދުންތައް ގިނަކޮށް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ.



ޚާއްޞަގޮތެއްގައި، ދިވެހި މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަށް ކުރެވޭ މަސައްކަތުން، އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން ނަގަމުންދިޔަ ޓެކްސް މިހާރު ވަނީ ކަނޑާލާފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފްކޯގެ އައުޓްލެޓްތައް އިތުރުކޮށް، މަހުގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައްވެސް ދަނީ ހަމަޖައްސަމުންނެވެ.

ކަޅުބިލަމަހުގެ އަގު ބޮޑުކުރި ނަމަވެސް، ކަންނެލި މަސްގަންނަ އަގަށް މިވަގުތު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ސަރުކާރުގެ ނިންމުމަކީ މަސްވެރިންގެ އަތުން މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްވިޔަ ނުދީ ހިފެހެއްޓުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450