Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ކުރީގެ ކޮންޓްރޯލަރު ހެދީ ދޮގު: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ކުރީގެ ކޮންޓްރޯލަރު ހެދީ ދޮގު: ސަރުކާރު

މުޙައްމަދު ޝަމްޢާން ވަޙީދު---

farudhun logo

ފަރުދުން

09 ޖޫން 2026، 08:10

09 ޖޫން 2026، 08:10

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ނިސްބަތްކޮށް، ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ދެއްކެވީ ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު، މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަމްޢާންގެ މައްޗަށް ދައުލަތުން ކުރި ތިން ދަޢުވާއަކަށް ޙުކުމްކުރުމަށް މިއަދު ޝަރީޢަތް ބާއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް އޭނާ ވާހަކަދައްކާފައި ވަނީ އެ ޝަރީއަތް ފެށުމުގެ ކުރިން މީޑިއާތަކާ ވާހަކަދައްކަމުންނެވެ.

ޝައްމާން ބުނެފައި ވަނީ ބިދޭސީންގެ ރެކްރޫޓްމެންޓުގެ މަރުހަލާގެ ތެރެއިން ވަޒީރު އިޙްސާން ރިޝްވަތު ނަގާކަމަށާއި، އަދި ރައީސް އެސްޓޯނިއާގައި ހުންނަވަނިކޮށް އެކަން ހިއްސާ ކުރައްވާފައިވާކަމަށެވެ. ނަމަވެސް އެސްޓޯނިޔާގައި ހުންނަވާ އެމަނިކުފާނު ދެއްވި ޖަވާބުގައި ވަޒީރާއި ދެކޮޅަށް ޝަމްއާން މަސައްކަތް ކުރާކަމަށް ރައީސް ތުހުމަތު ކުރެއްވި ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ވަޒީރު އިޙްސާން އިސްވެ ހުންނަވައި ބޯޑަރ ކޮންޓްރޯލް ސިސްޓަމް ނުފޫޒުން ވަކިބަޔަކަށް ދޭން އުޅުނުކަމަށް ބުނެ މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން ރައީސް ކޯފާ އިސްކުރެއްވިކަމަށް ބުންޏެވެ.

އަދި މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން މިވަނީ ހާމަކޮށްފައެވެ.



ޝަމްޢާންގެ މައްޗަށް ދައުލަތުން ކުރި 3 ދައުވާއެއް ސާބިތުވުމާ ގުޅިގެން އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޙުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވާ ގޮތުގައި، ޝަމްޢާންގެ މައްޗަށް ދައުލަތުން ކުރި ހުރިހާ ދާއުވާއެއްވެސް ވަނީ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައެވެ.

މައްސަލަ ބެއްލެވި ޤާޒީ އިބްރާހިމް އިހުސާން ވަނީ ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާގެ މިޢަމަލުގެ ސަބުބުން އިމިގްރޭޝަންގެ އަގު ވެއްޓިފައިވާތީ ކަމަށް ވިދާޅުވެފައެވެ. އަދި އިމިގްރޭޝަންގެ އެންމެ މަތީ ފަރާތުގެ ގޮތުގައި ހުރެ ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައިވާ ކަމަށް ޤާޒީ އިހުސާން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450