ޚަބަރު
37 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯއަށް ޚިދުމަތް ކޮށްދެއްވެވި މުޙައްމަދު ރިޓަޔަރ ކުރައްވައިފި
37 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯއަށް ޚިދުމަތް ކޮށްދެއްވެވި މުޙައްމަދު ރިޓަޔަރ ކުރެއްވުން. ފޮޓޯ: ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް 37 އަހަރަށްވުރެ ގިނަ ދުވަހު އިޚުލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވި އަލްފާޟިލް މުޙައްމަދު އިބްރާހީމް، ޝަރަފްވެރިކަމާއެކު ވަޒީފާއިން ރިޓަޔަރ ކުރައްވައިފިއެވެ.
މުޙައްމަދު އިބްރާހީމަކީ ސްޓެލްކޯގައި ވަރަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
މުޙައްމަދު އިބްރާހީމް ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ސްޓެލްކޯގެ އިންވެންޓްރީ މެނޭޖްމަންޓް ޔުނިޓްގެ ސަރވިސް މެނޭޖަރގެ މަޤާމުގައެވެ. އޭނާ ވަނީ އެ ކުންފުނީގައި ޖުމްލަ 37 އަހަރާއި 7 މަސްދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
މިވަގުތު މުޙައްމަދު އިބްރާހިމްގެ ބަލި ހާލަތު ހުރިގޮތުން، ކުންފުނީގެ ރަސްމީ ރިޓަޔަރމަންޓް ހަފްލާގައި ބައިވެރިވެވަޑައިގެންނެވެން ނެތުމާއި ގުޅިގެން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވަނީ މުޙައްމަދު އިބްރާހިމްގެ ގެއަށް ޒިޔާރަތްކުރައްވާފައެވެ.
އިޚުލާސްތެރިކަމާއެކު 37 އަހަރާއި 7 މަސްދުވަހު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި އަލްފާޟިލް މުޙައްމަދު އިބްރާހީމް ވަނީ ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރައްވާފައި. މިވަގުތު މުޙައްމަދު އިބްރާހިމްގެ ބަލި ހާލަތު ހުރިގޮތުން، ކުންފުނީގެ ރިޓަޔަރމަންޓް ހަފްލާގައި ބައިވެރިވެވަޑައިގެންނެވެން… pic.twitter.com/Uw7YGWARq7
— STELCO (@STELCOMALDIVES) June 9, 2026
މި ޒިޔާރަތުގައި ކުންފުނީގެ މެނޭޖްމަންޓުން ވަނީ މުޙައްމަދު އިބްރާހިމް ކުންފުނީގެ ޚިދުމަތުގައި ހޭދަ ކުރެއްވި ދިގު މުއްދަތުގައި ކޮށްދެއްވާފައިވާ އިޚުލާސްތެރި މަސައްކަތްތަކުގެ އަގުވަޒަން ކުރައްވާފައެވެ. އަދި އޭނާގެ ޚިދުމަތްތަކަށްޓަކައި ކުންފުނީގެ ފަރާތުން ޝުކުރު އަދާކުރައްވާފައިވެއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުޙައްމަދު އިބްރާހީމަކީ ކުންފުންޏަށް ވަރަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ މުވައްޒަފެއް ކަމަށެވެ.